ރާއްޖެރައްޔިތުންގެ މަޖިލިސް

މެންބަރު އީސަގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

01/06/2021

Admin


ޝެއަރ

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އޭނާގެ ކުރީގެ އަނިބިކަނބަލުންނަށް ގެވެށި އަނިިޔާކުރި މައްސަލައިގަ އީސަގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އީސަގެ މައްސަލަ ތަހުޤީޤުކޮށް ޕީޖީ އޮފީހަށް ފުލުހުން މި ފޮނުވީ އެ މައްސަލަ ރައްދުވާ އީސަގެ ކުރީގެ އަނބިކނބަލުން އަސޫ ނަސީމް މައްސަލަ އަނބުރާ ގެންގޮސްފައި ވަނިކޮށެއެވެ. ޖިނާއީ މައްސަލައެއް ހުށަހެޅި ފަރާތުން އަނބުރާ ގެންދިޔަސް ފުލުހުން ތަހުޤީޤު ނިންމާ ދަޢުވާކުރަން ޕީޖީއަށް ފޮނުވާނެއެވެ.

އީސަ ގެވެށިއަނިޔާކުރި ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅީވެސް އޭނާގެ ކުރީގެ އަނބިކަނބަލުންނެވެެ. އީސަގެ މައްޗަށް ކުރަނީ އަަސްރާ ނަސީމަށް އަނިޔާކުރި ތުހުމަތާއި އެމީހުންގެ 2 އަހަރުވީ ތުއްތު ދަރިފުޅު ބެލްކަނީން އެއްލާލަން އުޅުނު ކަމުގެ ތުހުމަތެވެ. އަދި މައްސަލައިގަ އަސްރާ ވަނީ ފުލުހުންނަށް ބަޔާންވެސް ދީފައެވެ.

ގެވެށި އަނިޔާކުރި މައްސަލައިގަ, ފުލުހުންގެ އެދުމުން އީސަ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުމުން ކޯޓުންވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އަދި އެމައްސަލާގައި އީސައަށް ތަފާތުކޮށް އަމަލުނުކުރެވޭނެ ކަމަށް ނިންމާފައެވެ.

އީސާއަށް ކުރެވުނު ތުހުމަތާއި ގުޅިގެން އޭނާ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ މުޤައްރިރުކަމުން ވަކިކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް އޭނާ ވަނީ މުޤައްރިރު ކަމުން އިސްތިއުފާ ދީފައެވެ. އަދި އޭނާ ނިސްބަތްވާ އެމްޑީޕީންވަނީ އެ ޕާޓީގެ މަޤާމުތަކުން އޭނާ ދުރުކޮށް ޖިނާޢީ ތަހުޤީޤެއް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

ނަމަވެސް އީސާގެ ދިފާޢުގައި އޭނާ ގެ ދޮށިދަރިކަލުން އަހުމަދު ޖިދާދު ބުނީ އީސަ އެފަދަ ކަމެއް ނުކުރާނެކަމަށާއި އެއީ ކުރާ ތުހުމަތުތަކުގެ ދެކޮޅު ބާލާލުން މުހިއްމު ކަމަށެވެ.

އީސާގެ މައްޗަށް މި މައްސަލައިގަ ދައުވާ ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކުރުމަށްފަހު ޕޮރެސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

ހިޔާލު


ގުޅުންހުރި