ރާއްޖެސަރުކާރު

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެ ވަޑައިގެންފި

02/06/2021

Admin


ޝެއަރ

ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް އަޒީޒް އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޖެނެރަލް އަޒީޒް އަޙްމަދަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ރާއްޖޭގައި ހުންނަވާ ބަނގްލަދޭޝް ސަފީރު، ރިއަރ އެޑްމިރަލް ހަޒްމުލް ޙަސަންއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ބޭފުޅުންނެވެ.

ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއާ ބައްދަލުކުރައްވާނެވެ.

ޖެނެރަލް އަޒީޒް އަޙްމަދު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ހިޔާލު


ގުޅުންހުރި