ރާއްޖެރައްޔިތުންގެ މަޖިލިސް

އީސަގެ މައްޗަށް އުފުލީ އަނިޔާއެއް ދިނުމުގެ ދައުވާ

03/06/2021

Admin


ޝެއަރ

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އޭނާގެ ކުރީގެ އަނިބިކަނބަލުންނަށް ގެވެށި އަނިިޔާކުރި މައްސަލައިގަ, އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް އުފުލައިފިއެވެ.

އީސަގެ މައްޗަށް ދައުވާ އުފުލާ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތު ވެއްޖެނަމަ ކުށުގެ އަދަބަކީ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ 24,000 ރުފިޔާއިން ޖޫރީމަނާ ކުރުމެވެ.

އީސަގެ މައްސަލަ ތަހުޤީޤުކޮށް ޕީޖީ އޮފީހަށް ފުލުހުން ފޮނުވީ މި ޖޫން މަހުގެ 1 ވަނަ ދުވަހުގައެވެ. އަދި މައްސަލަ ތަހުޤީޤުކޮށް ނިންމާފައިވަނީ އެ މައްސަލަ ރައްދުވާ އީސަގެ ކުރީގެ އަނބިކނބަލުން އަސްރާ ނަސީމް މައްސަލަ އަނބުރާ ގެންގޮސްފައި ވަނިކޮށެއެވެ. ޖިނާއީ މައްސަލައެއް ހުށަހެޅި ފަރާތުން އަނބުރާ ގެންދިޔަސް ފުލުހުން ތަހުޤީޤު ނިންމާ ދަޢުވާކުރަން ޕީޖީއަށް ފޮނުވާނެއެވެ.

އީސަ ގެވެށިއަނިޔާކުރި ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅީވެސް އޭނާގެ ކުރީގެ އަނބިކަނބަލުންނެވެެ. އީސަގެ މައްޗަށް ކުރަނީ އަަސްރާ ނަސީމަށް އަނިޔާކުރި ތުހުމަތާއި އެމީހުންގެ 2 އަހަރުވީ ތުއްތު ދަރިފުޅު ބެލްކަނީން އެއްލާލަން އުޅުނު ކަމުގެ ތުހުމަތެވެ. އަދި މައްސަލައިގަ އަސްރާ ވަނީ ފުލުހުންނަށް ބަޔާންވެސް ދީފައެވެ.

ގެވެށި އަނިޔާކުރި މައްސަލައިގަ, ފުލުހުންގެ އެދުމުން އީސަ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުމުން ކޯޓުންވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އަދި އެމައްސަލާގައި އީސައަށް ތަފާތުކޮށް އަމަލުނުކުރެވޭނެ ކަމަށް ނިންމާފައެވެ.

އީސާއަށް ކުރެވުނު ތުހުމަތާއި ގުޅިގެން އޭނާ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ މުޤައްރިރުކަމުން ވަކިކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް އޭނާ ވަނީ މުޤައްރިރު ކަމުން އިސްތިއުފާ ދީފައެވެ. އަދި އޭނާ ނިސްބަތްވާ އެމްޑީޕީންވަނީ އެ ޕާޓީގެ މަޤާމުތަކުން އޭނާ ދުރުކޮށް ޖިނާޢީ ތަހުޤީޤެއް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

އީސާގެ މައްޗަށް މި މައްސަލައިގަ ޖަލު ހުކުމެއް އަޔަސް އޭނާގެ ގޮނޑިއެއް ނުގެއްލޭނެއެވެ. މަޖިލީހުގެ މެންބަރެއްގެ ގޮޑި ގެއްލޭނީ 1 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއްގައެވެ.

ހިޔާލު


ގުޅުންހުރި