ސިނަމާ އާއި ލައިފްސްޓައިލްހޮލީވުޑް

މިޝަން އިންޕޮޒިބަލްގެ ސެޓުން ކޮޑިވް ފެނި ޝޫޓިންގ ހުއްޓުމަކަށް

04/06/2021

Admin

މިޝަން އިންޕޮޒިބަލްގެ ތަރި ޓޮމް ކްރޫޒް - ފޮޓޯ: ރޮއިޓާސް


ޝެއަރ

އިނގިރޭސިވިލާތުގައި ޝޫޓު ކުރަމުންދިޔަ މިޝަން އިންޕޮޒިބަލް 7 ގެ ސެޓުން ބައެއް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ ޝޫޓިންގ އަނެއްކާވެސް މެދުކަނޑާލައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި ފިލްމުގެ މަސައްކަތުގައި އުޅުނު 14 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެހެން ކަމުން ޖޫން 14 ގެ ނިޔަލަށް ފިލްމުގެ ޝޫޓިން މެދުކަނޑާލާފައިވާ ކަމަށް މި ފިލްމު އުފައްދާ ޕެރަމައުންޓް ޕިކްޗާރސްއިން ބުންޏެވެ. ކޮވިޑަށް ޕޮޒިޓިވްވީ ކޮންބައެއްކަން ހާމަކޮށްފައިނުވާއިރު އިނގިރޭސި ނޫސްތަކުން ބުނާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފިލްމުގެ ބަތަލް ޓޮމް ކްރޫޒް ނުހިމެއެވެ.

މިޝަން އިންޕޮޒިބަލް 7 ގެ މަންޒަރުތައް އިޓަލީއާއި ނޯވޭ ގައި ނަގާފައިވާއިރު މިހާރު ކުރިއަށްދަނީ އިނގިރޭސިވިލާތުގައި ނަގަން ރާވާފައިވާ މަންޒަރުތަކެވެ. އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިޝަން އިންޕޮޒިބަލް އަކީ ހޮލީވުޑްގެ އެންމެ ބޮޑު އެއް ފްރެންޗައިޒް ފިލްމެވެ. މިހާތަނަށް މި ފިލްމުގެ 6 ބައި ނެރެފައިވާއިރު މިހާރު މަސައްކަތް ކުރަމުންދަނީ 7 ވަނަ ބައި ނެރުމަށެވެ.

ހިޔާލު


ގުޅުންހުރި