ރާއްޖެސަރުކާރު

ވަކިވަކި އޮފިސަރުން މަޖިލީހަށް ޖަވާބުދާރީއެއް ނުވާނެ: އެމްއެންޑީއެފް

03/06/2021

Admin


ޝެއަރ

ސިފައިންގެ ވަކިވަކި އޮފިސަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ނުކުރުވޭނެ ކަަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް, އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ދެމުންދިޔަ ސަލާމަތީ ރައްކާތެރިކަން ފޫއަޅުވާލީ ކިހިނެތްތޯ ބަލަން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއައިރީއަށް ވަކިވަކި އޮފިސަރުން ހާޒިރުވުމަށް މަޖިލީހުން ވަނީ އަންގާފައެވެ. މަޖިލީހުގެ އެންގުމަށް ދެކޮޅު ހަދާ އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ސިފައިންގެ މުއައްސަސާއިން ކަމަށެވެ. އަދި ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެކަމަށެވެ. އެގޮތަށް ވަކިވަކި ސިފައިން ހާޒިރު ކުރުމަކީ ސިފައިންގެ ކޮމާންޑު ގެއްލި, ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އުސޫލުތަކާއި ޚިލާފުވެ ޗެއިން އޮފް ކޮމާންޑު ގެއްލިގެން ހިނގައިދާނެ ކަމެއްކަމަށެވެ. އަދި އޭގެ ސަބަބުން އިޔާދަނުކުރެވޭ ފަދަ ގެއްލުމެއް ޤައުމީ ސަލާމަތަށް ކުރިމަތިވެދާނެ ކަމެއްކަމަށެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއައިރީއަށް އެއްބާރުލުން ދޭނެކަން ހަމާކުރަމުން އެމްއެންޑީއެފް އިން ވަނީ މަޖިލީހުން ހާޒިރުވުމަށް އެންގި އޮފިސަރުން ފޮނުވުމަށް ދެކޮޅު ހަދާފައެވެ. އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިންކުއައިރީގެ މަސައްކަތް ރަސްމީކޮށް ފަށަން އޮތީ މިދިޔަ ބުދަ ދުވަހުގައެވެ. އަދި އެ ދުވަހު ސިފައިންގެ ބައެއް އޮފިސަރުންނަށް ވަނީ ދަޢުވަތު ދީފައެވެ. ނަމަވެސް އެ އޮފިސަރުންވަނީ މަޖިލީހަށް ހާޒިރުވުމަށް ދެކޮޅު ހަދާފައެވެ. ސިފައިން ހާޒިރު ނުވާނެކަން އަންގާ ޑިފެންސް މިނިސްޓްރީން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވާފައެވެ.

ސިފައިން ހާޒިރު ނުވި މައްސަލައިގަ ޑިފެންސް އިން ފޮނުވި ސިޓީގައި ސޮއިކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޒަށް އަރައިގެންފި ކަމަށް ބުނެ, އޭނާއާ މެދު ފިޔަވަޅު އެޅުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ސިޓީއެއް ފޮނުވާފައެެވެ.

ހިޔާލު


ގުޅުންހުރި