ރާއްޖެސަރުކާރު

މާލެއިން ރަށްރަށް ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި

05/06/2021

Admin

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު - ފޮޓޯ: ހެލްތް މިނިސްޓްރީ


ޝެއަރ

މާލޭ ސަރަހައްދުން ރަށްރަށް ދަތުރުކުރުގެ އުސޫލު ހަރުކަށި ކޮށްފިއެވެ.

މިރޭ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އާންމުކުރެއްވި އުސޫލުގައިވާ ގޮތުން ދެން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރު ކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަަކަށެވެ.

އައު އުސޫލުގައިވާ ގޮތުން ސިއްހީ ފަރުވާ ހޯދުމަށް މާލެ އައިސް އެނބުރި ދާންޖެހޭ މީހުންނާއި އެފަދަ މީހަކާއެކު ކޮންމެހެން ދާންޖެހޭ މީހުން އަދި މާލޭގައި ވަޒީފާ އަދާކުރަމުންދާ މީހުންގެ ތެރެއިން ވަޒީފާ ހުއްޓާލަން ޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި ތިބުން ދަތިވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅެވެން ނެތިގެން ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނާއި ތައުލީމު ހާސިލު ކުރުމަށް މާލެ އައިސް ކިޔަވާ ނިމިފައިވާ ދަރިވަރުންނަށް ދަތުރު ކުރެވޭނެއެވެ. ނަމަވެސް ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ދަރިވަރުންނާއި ޗުއްޓީއަށް ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް ހުއްދަ ނުދޭނެ އެވެ.

އެޗްޕީއޭއިން އާންމުކުރި އުސޫލުގައިވާ ގޮތުން ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކުން ހުއްދައަށް އެދި މާދަމާއިން ފެށިގެން ހުށަހަޅަން ޖެހޭނީ ހާލު ބެލުން ޕޯޓަލް މެދުވެރިކޮށެވެ. އަދި ހުއްދައަށް އެދޭއިރު އެ ރަށެއްގެ ކައުންސިލުން ދޫކުރާ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.

ޒަރޫރީ ބޭނުންތަކަށް ރަށްރަށް ދަތުރުކުރާ ފަރަތްތަކުންވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭނެއެވެ.

ހިޔާލު


ގުޅުންހުރި