ވިޔަފާރި

ދަ ޗެޑީ ކުޑަ ވިލިނގިލި ރިސޯޓު ހުޅުވައިފި

06/06/2021

Admin


ޝެއަރ

މާލެ އަތޮޅު ކުޑަވިލިިގިނލީގައި ތަރައްޤީކުރި 'ދަ ޗެޑީ ކުޑަ ވިލިނގިލި' ރިސޯޓު ހުޅުވައިފިއެވެ.

150 މިލިއަން ޑޮލަރުގެ މި ރިސޯޓަކީ އޮމާންގެ އެމްފާ ކުންފުނިން ތަރައްޤީ ކުރި ރިސޯޓެކެވެ. 2018 ވަނަ އަހަރު ތަރައްޤީ ކުރަން ފެށި މި ރިސޯޓު ހަދާފައި ވަނީ މި ޒަމާނުގެ އާކިޓެކްޗަރއިން ދިވެހިވަންތަ ގޮތް ދައްކުވައިދޭ ގޮތަށެވެ. މި ރިސޯޓުގައި 95 ލަގްޒަރީ ވިލާއާއި 36 ވޯޓާ ވިލާގެ އިތުރުން 59 ބީޗް ވިލާ ހިމެނެ އެވެ. މީގެ އިތުރުން ރަށު މެދުގައި 150 މީޓަރު ދިގު ޕޫލެއްވެސް އޮވެއެވެ.

ރިސޯޓު މިހާރު ބުކިން އަށް ހުޅުވާލާފައިވާއިރު, މިއީ މާލެ އަތޮޅުގައި އޮތް, ވެލާނާ އެއަރޕޯޓުން 30 މިނެޓުން ދެވޭ ތަނެކެވެ.

މިއީ އެމްފާ ކުންފުނިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. އެކުންފުނީގެ ހޮޓާތަކާއި ރިސޯޓުތައް އޮމާންއާއި އިންޑިއާ އަދި ޗައިނާގައި ދަނީ ހިންގަމުންނެވެ. އެމްފާ ކުންފުންޏަށް މި ރަށް 50 އަހަރަށް ކުއްޔަށް ދީފައި ވަނީ 2018 ވަނަ އަހަރުގައެވެ.

ހިޔާލު


ގުޅުންހުރި