ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިންކުއައިރީއަށް އޭސީޕީ ރިޔާޒު ހާޒިރުކޮށްފި

08/06/2021

Admin

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު - ފޮޓޯ: މަޖިލިސް


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ރިޔާޒު މިއަދު ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

އޭސީޕީ ރިޔާޒުއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމާގެ ތަހުޤީޤު ލީޑު ކުރައްވާ އެންމެ އިސް އޮފިސަރެވެ. ރިޔާޒު ހާޒިރުކުރީ މިއަދު ހެނދުނެވެ. މިއަދުގެ ބައްދަލުވުންތައްވެސް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެނެވެ.

ޕާލަމެންޓް އިންކުއަރިރީއަށް ކަމާ ގުޅުންހުރި މީހުން ހާޒިރު ކުރަމުންދާއިރު، އެންމެ ފުރަތަމަ ހާޒިރުކުރީ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދުއެވެ. އަދި އޭގެ ފަހުން ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ޕްލޭނިންގ މިނިސްޓަރ އަސްލަމްއާއި ކުރީގެ މޭޔަރ ޝިފާ ވަނީ ހާޒިރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގާ ފުރަތަމަ ފަހަރެވެ.

ހިޔާލު


ގުޅުންހުރި