ރާއްޖެސަރުކާރު

މުލީ މެޖިސްޓްރޭޓް ތިން މަހަށް ސަސްޕެންޑު ކޮށްފި

08/06/2021

Admin


ޝެއަރ

މ. މުލީ މެޖިސްޓްރޭޓް އަލްއުސްތާޛު ހުސައިން އާމިރު ތިން މަހަށް ސަސްޕެންޑު ކޮށްފިއެވެ.

މުސާރައާއި އިނާޔާތް ނުލިބޭ ގޮތަށް އާމިރު ސަސްޕެންޑު ކުރީގެ އޭނާގެ ދަރިފުޅަށް ގަނާކުރި ދަރިވަރަކާ މެދު ކުޅިއިސްކޮށް، އެކުއްޖާއާ މެދު އިހާނެތިކޮށް އަމަލުކޮށްފައިވާތީ ކަމަށް ޖުޑީޝިއަލް ސަރވިސް ކޮމިޝަނުން ވިދާޅުވިއެވެ. މައްސަލައިގެ ތަފުސީލު ނުދެއްވާ ޖޭއެސްސީ އިން ނެރުނު ބަޔާނުގައި ވިދާޅުވީ އާމިރުގެ އަމަލަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު އަމަލެއް ކަމަށެވެ.

އެހެން ކަމުން "އާމިރުގެ އަމަލަކީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)ގެ 9 ވަނަ ނަންބަރާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 އާއި 4.1 އާ ޚިލާފު ޢަމަލަކަށްވާތީ, ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 1-32 (ހ)ގެ 3 ގެ ދަށުން, މުސާރައާއި ޢިނާޔަތްތައް ނުލިބޭގޮތަށް މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން ޢާމިރު ވަޒީފާގެ މަސައްކަތަށް ނުކުތުން 03 މަސް ދުވަހަށް މަނާކުރުމަށް 06 ޖޫން 2021 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ މި ކޮމިޝަނުގެ 45 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ." ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

މެޖިސްޓްރޭޓް އަލްއުސްތާޛު ހުސައިން އާމިރަކީ މީގެ ކުރިން މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ހިޔާލު


ގުޅުންހުރި