ސިނަމާ އާއި ލައިފްސްޓައިލްބޮލީވުޑް

ވިދްޔާގެ އާ ފިލްމް "ޝޭރްނީ" ގެ ޓްރެއިލަރ ދައްކާލައިފި

06/06/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

ވިދްޔާ ބާލަންގެ އާ ފިލްމު ”ޝޭރްނީގެ" ޓްރެއިލަރ ދައްކާލައިފިއެވެ.

ޤައުމީ އެވޯރޑް ހާސިލްކުރި އިންޑިޔާގެ މަޝްހޫރު ހުނަރުވެރި ފިލްމީތަރި، ވިދްޔާގެ އެންމެ ފަހުގެ ފިލްމު ޝެރީންގެ ޓްރެއިލާ ފުރަތަމަ ދެއްކީ މި މަހުގެ 2 ވަނަ ދުވަހު އެމަޒޯން ޕްރައިމް ވީޑިއޯއިންނެވެ. މި ފިލްމު 18 ޖޫންގައި އޮންލައިންކޮށް އެމަޒޯން ޕްރައިމް ވީޑިއޯއަށް ދައްކަން ހަމަޖެހިފައިވާއިރު، ފިލްމުގެ ޕްރިމިއަރ 17 ޖޫންގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިހާތަނަށް ސާޅީހަށްވުރެ ގިނަ ފިލްމު ކުޅެފައިވާ ވިދްޔާ، މި ފިލްމުގައި ފެންނާނީ ފޮރެސްޓް އޮފިސަރެއްގެ ރޯލުންނެވެ. އަމިތް މަސްކަރް ޑައިރެކްޓް ކުރި މި ފިލްމުގައި، ވިދްޔާއާއެކު ވިޖޭ ރާޒް އަދި ނީރާޖް ކަބީގެ އިތުރުން ޝަރަތް ސަކްސޭނާ ފެނިގެންދާނެއެވެ.

އެންމެ ފަހުން ރިލީޒްވި ވިދްޔާގެ ފިލްމް، ޝަކުންތަލާ ދޭވީ ރިލީޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 31 ގައެވެ. މި ފިލްމްވެސް ރިލީޒްކޮށްފައިވަނީ އޮންލައިންކޮށް އެމަޒޯން ޕްރައިމް ވީޑިއޯ ގައެވެ.

ހިޔާލު


ގުޅުންހުރި