ރާއްޖެސަރުކާރު

އިތުރު އެއް ހަފުތާއަށް މާލޭ ސަރަހައްދު ފުރަބަނދު ކުރަނީ

08/06/2021

Admin


ޝެއަރ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު 1 ހަފުތާއަށް ދަންމާލުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލީހް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ޙާލަތު އިތުރަށް ދިރާސާކޮށް އަންނަ ބަދަލުތަކަށް ރިޢާޔާތް ކުރުމަށްފަހު ގޮތެއް ނިންމަން ކަމަށެވެ. އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު 1 ހަފުތާއަށް ދަންމާލުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ލަފާދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް 26 މޭ އިން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ދަށްވާން ފަށާފައިވާ ކަމަށެވެ. އަދި މިފަހަރު ލުއި ދޭނީ މަޑުމަޑުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފިޔަވަޅުތައް ކުއްލިއަކަށް ދޫކޮށްލުމުގެ ނަތީޖާ ފެނިފައިވާ ކަމަށާއި މިފަހަރު ކަންކަން ކުރައްވާނީ އެހެން ނުވާނެ ގޮތަކަށެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާއެކު މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ މާލޭ ސަރަހައްދު ފުރަބަނދުކޮށްފައެވެ. ސަރުކާރުން ފުރަބަންދޭ ވިދާޅުނުވިޔަސް ހުއްދަނެތި ގެއިން ބޭރަށް ނިކުތުން މަނާކޮށް ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތައް ބަންދުކޮށް ހަމައެކަނި ޑެލިވަރީ ކުރެވޭގޮތް ވަނީ ހަދާފައެވެ.

މާލޭ ސަރަހައްދު ފުރަބަންދުކުރިތާ 2 ހަފުތާވީއިރު އަދިވެސް ޕޮޒިޓިވްވާ އަދަދު ދަށެއް ނުވެއެވެ. އިއްޔެގެ ނިޔަލަށް 68,502 ކޭސް ފެނިފައި ވާއިރު، ބަލީގައި 188 މީހަކު ވަނީ ނިޔާވެފައެެވެ.

ހިޔާލު


ގުޅުންހުރި