ރާއްޖެރައްޔިތުންގެ މަޖިލިސް

ކޮމިޓީން ނިންމީ ސިޔާމަށް ނަސޭހަތްދީ މާފަށް އެދެން އެންގުމަށް

09/06/2021

Admin


ޝެއަރ

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމަށްފަހު މީދޫ ދައިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އާ ދެމެދު ކުރި ޒުވާބެއްގައި ހިސާން 'ދަންޖައްސާލަން' ޖެހޭކަމަށް ސިޔާމް ބުނެ ހިސާންއަށް އިންޒާރު ދިން މައްސަލައިގަ ސިޔާމަށް ނަސޭހަތް ދީ ސިޔާމް ހިސާންގެ ކިބައިން މައާފަށް އެދުމަށް މަޖިލީހުގެ ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

މި ގޮތަށް ނިންމީ މިއަދު ބޭއްވި ސުލޫކީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.

ހިސާން ދަންޖައްސާލިއަސް ފާފަވެރި ނުވާނެކަމަށް ސިޔާމް ބުނާ އޯޑިއޯއެއް ވަނީ އާންމުވެފައެވެ. ވަރަށް ނުސާފު ކުރު މި އޯޑިއޯގައި ސިޔާމް ހިސާންއަށް އަމާޒުކޮށް ވާހަކަ ދައްކާ އަޑުއިވެެއެވެ. އިތުބާރު ހުރިގޮތަކަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި 241 ކޮމިޓީ ބައްދަލުވުމަށްފަހު ސިޔާމްއާއި ކޮމިޓީގެ އެހެން މެންބަރުންނާ ދެމެެދު ހިނގި ޒުވާބެކެވެ. އެ ޒުވާބުގައި ހިސާންގެ އިތުރުން އެހެން މެންބަރުނާ ދިމާލަށްވެސް ސިޔާމް ހަޅޭއްލަވާ ޒުވާބުކޮށް ހަދާފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ސިޔާމް ބައެއް މީޑީއާތަކަށް ވިދާޅުވީ ހިސާން އާ ދެމެދު ޖުޑީޝިއަލް ސާރވިސް ކޮމިޝަންގެ މަސައްކަތްތަކާ މެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދެކެވުނު ކަމަށެވެ. ނަމެވެސް އޭނާ އަކީ އެއްވެސް ރައްޔިތަކަށް އަނިޔާވެރިވާން އެދޭނެ މީހެއް ނޫންކަމަށާއި 'ދަންޖައްސަން ޖެހޭ' ކަމަށް ބުނެވުނަސް އެއީ އެމާނާގައި ބުނި އެއްޗެއް ނޫންކަމަށެވެ.

ހިޔާލު


ގުޅުންހުރި