ރާއްޖެސަރުކާރު

ބޮމުގެ ހަމަލާގައި އަނިޔާވި އާދަމް އެދެނީ އެހީވުމަށް

10/06/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އަނިޔާވި އާދާމް އުމަރަށް އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ބުނެފިއެވެ.

ހދ. ވައިކަރަދޫއަށް އުފަން އާދަމް އޭނާގެ އާއިލާއާއެކު ރަށަށް ބަދަލުވާން މަސައްކަތް ކުރަމުން ދަނިކޮށް ހިނގި ބޮމުގެ ހާދިސާގައި އޭނާގެ ފައި ވަރަށް ބޮޑަށް ވަނީ ޒަހަމްވެފައެވެ. ޕިކަޕް ޑްރައިވެރެއްގެ ވަޒިފާ އަދާކުރަމުން އައި އާދަމްގެ ފައި ރަނގަޅުވާން ދުވަސް ނަގާނެ ކަމަށް ޑޮކްޓަރުންނަށް ހަވާލާދީ އޭނާ ބުންޏެވެ.

"ފައި ރަނގަޅު ކަމަށް މިބަލަނީ, ޑޮކްޓަރުން ބުނަނީ އެހެން. އަދި އެކަމަކު ފަޔަށް ރަނގަޅަށް ބާރުވެސް ނުލެވޭ" އާދަމް ކިޔައިދިނެވެ.

ރައީސް ނަޝީދަށް އަމަލާދިން މަގު ނީލޯފަރު ހިނގުމުގައި ހުންނަ މ. ދިލްބަހާރުމާގޭ ގެ ކުޑަކުޑަ ތަންކޮޅެއްގައި އިނދެ އާދަމް މިއަދު މެންދުރު ސުކުން ޕްލޭއަށް ދިން އިންޓަވިއުގައި އޭނާ ވަނީ ސަރުކާރުގެ ފަރާތުން އެއްވެސް ކަހަލަ އަޅާލުމެއް ނުލިބޭކަން ފާހަގަކޮފައެވެ. އަދި ކުށެއްނެތި ދިމާވި މިހާދިސާގެ ސަބަބުން ވަޒީފާ އަދާނުކުރެވޭ ގޮތްވެ ހާލުގައި ޖެހިފައިވާ ކަމަށެވެ.

"ސަރުކާރުން އަޅައެއް ނުލާ, ނުވެސް ގުޅާ. އަޅުގަނޑު ހީކުރީ ގުޅާނެ ކަމަށް, ބައްދަލުކުރަންވެސް އަންނާނެ ކަމަށް." އާދަމް ބުންޏެވެ.

އާދަމްއަށް އެހީތެރިކަން ބޭނުންވާކަން މީޑިއާއިން ރިޕޯޓުކުރުމާ ގުޅިގެން މިއަދު މެންދުރު ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ބޮމުގެ ހަމަލާގައި އަނިޔާވި އާންމު މީހަކަށް ޖެންޑަރ އިން އެހީތެރިކަން ފޯރުކޮ ދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި މީޑިއާ ރިޕޯޓުތައް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް މިއަދު މެންދުރު ވިއިރުވެސް އަދާމްއަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ނުގުޅައެވެ. ސުކުން ޕްލޭއަށް އާދަމް މި އިންޓަވިއު ދިނީ މިއަދު މެންދުރުގައެވެ.

--------

ނޯޓު: މިއަދު އެންސްޕާ އިން އާދަމްއަށް ގުޅާ 9,000 ރުފިޔާ ދީފައިވެއެވެ. އަދި އޭނާ ވައިކަރަދޫއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާދަމް މަޢުލޫމާތު ދީނެވެ.

ހިޔާލު


ގުޅުންހުރި