ރާއްޖެރައްޔިތުންގެ މަޖިލިސް

އެމްއެމްއޭގެ ވެރިން މަޖިލީހުގެ އިންކުއައިރީއަށް ހާޒިރުކޮށްފި

17/06/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދަށް ސަލާމަތީ ބަރުތަކުން ދެމުންދާ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ, އެމްއެމްއޭގެ އިސްވެރިން މިއަދު ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އަދި ހެޑް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު އިބްރާހީމް އަހުމަދު ނާސިރު ހާޒިރުކުރީ މިއަދު ހެނދުނު 10 ޖެހިއިރުއެވެ. ސިއްރުން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކުރީ ކޮން ސުވާލެއް ކަމެއް ނޭގެއެވެ. ނަމަވެސް ބޮޑަށް ބެލޭވޭ ގޮތުގައި މި ބޭފުޅުން ހާޒިރުކުރީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަންޑުކުރި މީހުންނާއި އެމީހުންނަށް ފައިސާ ދައުރުވެފައިވާ ނަމަ އެކަން ދެނެގަތުމަށެވެ.

މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މަޖިލިސް


މަޖިލީހުން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް މިހާތަނަށް ކަމާގުޅުން ހުރި ގިނަ އިދާރާތަކުގެ ބޭފުޅުން ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން ފުލުހުންނާއި ސިފައިންގެ އިތުރުން ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގާ ފުރަތަމަ ފަހަރެވެ. އަދި މިމަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަޖިލީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި