ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިންކުއައިރީއަށް ހޯމް މިނިސްޓަރ އިމްރާން ހާޒިރުކޮށްފި

19/06/2021

Admin

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް އިމްރާން ޢަބްދުالله - ފޮޓޯ: މަޖިލިސް


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދަށް ސަލާމަތީ ބަރުތަކުން ދެމުންދާ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް އިމްރާން ޢަބްދުالله ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

މިނިސްޓަރ އިމްރާން ހާޒިރުކުރީ މިއަދު ހެނދުނު 10 ޖެހިއިރުއެވެ. 241 ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށްދަނީ ސިއްރުކޮށްގެނެވެ. އެހެން ކަމުން އިމްރާން ހާޒިރުކުރުމާ ގުޅޭގޮތުން މަޖިލީހުން ވަކި އެއްޗެއް ވިދާޅެއްނުވެއެވެ. ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު, ހަމަލާ ދިން ސަރަހައްދަށް ވަޑައިގެން އެސަރައްދު ބެއްލެވުމަށް އެ ސަރަހައްދުގައި ހުންނަވާ އިމްރާން މީޑިއާއަށް ދެއްވި އިންޓައިވުއެއްގައި, ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާވަރުގެ އަނިޔާއެއް ނުލިބޭ ކަމަށް ވިދާޅުވުމުން, އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ މެންބަރުންވަނީ އިމްރާންއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށް, ޖަލްސާގައިވެސް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ވަނީ އެ ސުވާލުކޮށް, އެހެން ވިދާޅުވި ސަބަބު ސާފުކޮށްފައެވެ. އެހެން ކަމުން މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވަރަށް ބޮޑަށް އެސުވާލު ކުރައްވާނެ ކަމަށް ބެލެވެއެވެ.

މިއަދުގެ ބައްދަލުވުމަށް އިމްރާން ވަޑައިގަންނަވަނީ - ފޮޓޯ: މަޖިލިސް


މަޖިލީހުން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް މިހާތަނަށް ކަމާގުޅުން ހުރި ގިނަ އިދާރާތަކުގެ ބޭފުޅުން ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން ފުލުހުންނާއި ސިފައިންގެ އިތުރުން ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގާ ފުރަތަމަ ފަހަރެވެ. އަދި މިމަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަޖިލީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު


ibrahim waheed07:59 2021/06/19

ބުނަން. ނަޝީދު އާ ސުވާލު ކޮށްބަލަ. އަމިއްލައަށް ވެސް އެފަދަ ކަމެއް އޭނާ ކުރުވަފާނެ. ސަބަބަމީ ޕޮޕިއުލަރިޓީ ގެއްލެން ހެދީމަ.

ގުޅުންހުރި