ވިޔަފާރި

ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން އަޕްޑޭޓް ކޮށްފި

19/06/2021

Admin


ޝެއަރ

ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ބެންކިންގ އެޕްލިކޭޝަނަށް ބައެއް ބަދަލުތައް ގެނެސް އަޕްޑޭޓް ކޮށްފިއެވެ.

އެޕްލިކޭޝަން މިއަދު އަޕްޑޭޓް ކުރިއިރު، ގެނެސްފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި ފައިސާ ފޮނުވާ މީހާގެ މައުލޫމާތު ސޭވް ނުކޮށް ފައިސާ ފޮނުވޭ ގޮތް ހެދުމާއި ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ފެންނަ ގޮތް ހެދުމާއި ވިޔަފާރި ނުވަތަ އަމިއްލަ އެކައުންޓް ބޭނުން ކުރެވޭ ގޮތް ހެދުމާއި މީހާއާ ބެހޭ މައުލޫމާތު އަޕްޑޭޓް ކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.

އަލަށް ގެނައި ބަދަލާއެކު އެޕްލިކޭޝަންގެ ޔޫޒަރ އިންޓަފޭސް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް ޚިދުމަތުގެ ގޮތުން މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ. އެޕްލިކޭޝަން މެދުވެރިކޮށް ލިބެނީ ކުރިންވެސް ލިބެމުން އައި ޚިދުމަތްތަކެވެ. އެއީ ފައިސާ ޓްރާންސްފާ ކުރުމާއި ބިލް ދެއްކުން ފަދަ ޚިދުމަތްތަކެވެ.

މިފަހަރު ގެނައި ބަދަލުތަކުގެ ތެރޭގައި ކުރީގެ މުއާމަލާތްތަކުގެ ރަސީދު ފެންނަގޮތް ހަދާފައިވެއެވެ. މިއީ އެކައުންޓުތަކުން ތަކުރާރުކޮށް ފައިސާ ކަނޑާ މައްސަލައާއި ނޭގޭ މުއާލަތްތައް ގިނަވާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްދޭނެ ކަމެކެވެ. މީގެ ކުރިން މިފަދަ ގިނަ މައްސަލަތައް ރިޕޯޓުކޮށްފައިވާ އިރު، ގިނަ މީހުން ވަނީ ކުރީގެ މުއާމަލާތްތަކުގެ ތަފުސީލު ނުފެންނަކަން ފަހަގަކޮށްފައެވެ.

ބޭންކު އޮފް މޯލްޑިވްސް މޯބައިލް އެޕް އަޕްޑޭޓްކުރިއިރު އަދިވެސް ބީއެމްލްގެ ކާޑުތަކުން މުއާމަލާތް ކުރެވޭ އަދަދަކީ 250 ޑޮލަރެވެ. ކާޑު ލިމިޓްކުރުމާ ގުޅިގެން ގިނަ ބަޔަކުވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކްރެޑިޓް ކާޑަށް ނަގާ އެނުއަލް ފީ ކުޑަކުރުމަށް ގޮވާލާފައެވެ. ނަމަވެސް ކާޑުގެ އެނުއަލް ފީ އަށް ބަދަލެއް ނުގެނެއެވެ.

ހިޔާލު


ގުޅުންހުރި