ރާއްޖެރައްޔިތުންގެ މަޖިލިސް

ދެވަނަ ފަހަރަށް ސިފައިންގެ ވެރިން މަޖިލީހުގެ އިންކުއައިރީއަށް ހާޒިރުކޮށްފި

20/06/2021

Admin

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް - ފޮޓޯ: މަޖިލިސް


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދަށް ސަލާމަތީ ބަރުތަކުން ދެމުންދާ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް ސިފައިންގެ ވެރިން ދެ ވަނަ ފަހަރަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

މިއަދު ހަވީރު 4:00 އަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް ހާޒިރުކުރިއިރު މިރޭ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލް ހާޒިރުކުރުމަށްވަނީ ނިންމާފައެވެ. އަދި މިއަދު ހެނދު ކުރީގެ އެސްޕީޖީގެ ކޮމާންޑަރު ކާނަލް ނަސްރުﷲ އިބްރާޙީމް މަޖުދީވެސް ދެވަނަ ފަހަރަށް ހާޒިރުކުރިއެވެ. 241 ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށްދަނީ ސިއްރުކޮށްގެނެވެ.

ސިފައިންގެ ވެރިން ދެވަނަ ފަހަރަށް ހާޒިރުކުރިއިރު 241 ކޮމިޓީގެ ބައެއް މެންބަރުން އިއްޔެވަނީ ސިފައިންގެ މައިމަރުކަޒަށް ވަޑައިގެން އިންކުއައިރީއަށް ބޭނުންވާ ބައެއް މަޢުލޫމާތު ހޯދާފައެވެ.

214 ކޮމިޓީގެ މެންބަރުން ސިފައިންގެ މައި މަރުކަޒަށް ޒިޔާރަތްކުރުން - ފޮޓޯ: މަޖިލިސް


މަޖިލީހުން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް މިހާތަނަށް ކަމާގުޅުން ހުރި ގިނަ އިދާރާތަކުގެ ބޭފުޅުން ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން ފުލުހުންނާއި ސިފައިންގެ އިތުރުން ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގާ ފުރަތަމަ ފަހަރެވެ. އަދި މިމަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަޖިލީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި