ރާއްޖެރައްޔިތުންގެ މަޖިލިސް

ކުއްޖާ މަރާލި މައްސަލައާ ގުޅިގެން މުއައްސަސާތައް ހޮނިހިރު ދުވަހު ކޮމިޓީއަށް ހާޒިރުކުރަނީ

22/06/2021

Admin


ޝެއަރ

13 އަހަރުގެ ކުއްޖާ ރަހުމުކުޑަގޮތަކަށް މަރާލުމަށްފަހު އެއްލާލި މައްސަލައާ ގުޅޭގޮތުން ކަމާގުޅުން ހުރި މުއައްސަސާތައް އަންނަ ހޮނިހިރު ދުވަހު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ މި މައްސަލަ ހިންގައިދިޔަ ގޮތާއި ކުއްޖާއަށް ފޯރުކޮށް ދެމުންދިޔަ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ލިޔުމުން މަޖިލީހަށް ހުށަހެޅުމަށް 2 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ހޮނިހިރު ދުވަހު މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ނިންމާފައެވެ. ކޮމިޓީގައި ވާހަކަ ދެއްކެވި މެންބަރުންވަނީ ކުއްޖާގެ ކަރާމާތް ގެއްލޭގޮތަށް, އަދި ކުއްޖާ ގޯސްކޮށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާކަން ފާހަގަކޮށް, އެކަން ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

"އަޅުގަނޑު ކަންބޮޑުވަނީ, މީޑިއާ ކައުންސިލް ނޫނީ ބޮރޯޑްކޮމްއަށް ޤާނޫނުގެ ތެރެއިން އެކަން ނުކުރެވޭ ކަމަށްވާނަމަ... މިހުރިހާ ތަނެއް ރެގިއުލޭޓް ކުރާ ކޭމް މެދުވެރިކޮށްވެސް ފާޑުފާޑު ރަޖިސްޓްރީ ނުކުރާ އޮންލައިތަކާއި އެއްޗިހި ރެގިއުލޭޓް ކުރަންޖެހޭ..." މެންބަރު ޔޫނުސް ވިދާޅުވިއެވެ.

ކުއްޖާ ގޯސްކޮށް ރިޕޯޓުކުރާ މީޑިއާ ތަކުގެ މައްސަލަ މީޑީއާ ކައުންސިލާއާއި ބްރޯޑްކޮމް މެދުވެރިކޮށް ބެލުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅުމަށްވެސް ކޮމިޓީންވަނީ ނިންމާފައެވެ.

ހިޔާލު


ގުޅުންހުރި