ރާއްޖެރައްޔިތުންގެ މަޖިލިސް

މެންބަރު އިލްޔާސްއާއި އޭޑީކޭ ޑޮކްޓަރުން އިންކުރައިރީއަށް ހާޒިރުކޮށްފި

26/06/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އާއި ރައީސް ނަޝީދުއަށް ފަރުވާދިން އޭޑީކޭގެ ޑޮކްޓަރުން ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހާޒިރުކުރީ މިއަދު ހެނދުނު 10:00 އަށެވެ. އަދި އޭޑީކޭގެ ޓީމް ހާޒިރުކުރީ މިއަދު މެންދުރު 12 އަށެވެ. ކޮމިޓީގެ ބައްދަލުވުންތައް މިއަދުވެސް ކުރިއަށް ގެންދިއަކީ ސިއްރުކޮށްގެނެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހާޒިރުކުރިއިރު، ރައީސް ނަޝީދަށް ބަޔަކު ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެންބަރަށް ލިބިގެން އެ މައުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާއާ ހިއްސާކުރިކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި މަޢުލޫމާތު ޑިފެންސް މިނިސްޓަރ ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާ ނުކުރާކަމަށް ތުހުމަތުކޮށްފައިވެއެވެ. މިއަދުގެ ކޮމިޓީގައި އިލްޔާސްއާ ސުވާލުކުރިއިރު، ކޮމިޓީގެ މަސައްކަތުން އޭނާ ވަނީ ދުރައްޖެހިވަޑައިގެންފައެވެ. އިލްޔާސްގެ ބަދަލުުގައި ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވަނީ އިމްތިޔާޒު ފަހުމީއެވެ.

އޭޑީކޭގެ ޑޮކްޓަރުން ކޮމިޓީއަށް ހާޒިކުރުން - ފޮޓޯ: މަޖިލީސް


ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިހާތަނަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله އާއި ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމްއާއި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރުންނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާއި ސިފައިންގެ ވެރިންނާއި ވަކިވަކި ސިފައިންގެ އިތުރުން ވަކިވަކި ފުލުހުން ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގާ ފުރަތަމަ ފަހަރެވެ. އަދި މިމަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަޖިލީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި