ރާއްޖެސަރުކާރު

އަފްޒަލް ޓްރާންސްޕޯޓަށް ބަދަލުކޮށް، ހަދީޖާ އެންވައިރޮންމަންޓަށް

28/06/2021

Admin


ޝެއަރ

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހްމަދު އަފްޒަލް އިބްރާހީމް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކޮށް, އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހ. ސުނާރު ހަދީޖާ ނަސީމް އައްޔަން ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް އައްޔަންކުރި ހަދީޖާ ނަސީމް ކުރިން ހުންނެވީ އެ މިނިސްޓްރީގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓުގެ މަގާމުގައެވެ. އޭނާ ވަނީ އެންވަޔަރަންމަންޓް ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ރާއްޖޭގެއާއި ބައިނަލްއަޤުވާނީ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ މަގާމުތަކުގައި ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވިއެވެ.

ޓްރާންސްޕޯޓަށް ބަދަލުކުރި އަފްޒަލް ފުރަތަމަ އައްޔަންކުރެއްވީ މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ނަމަވެސް ފަހުން އެ މިނިސްޓްރީ އުވާލާ، މިނިސްޓްރީ އޮފް އެންވައިރޮންމަންޓަށް އެ މިނިސްޓްރީގެ މަސައްކަތް ބަދަލު ކުރުމުން އަފްޒަލް އެ މިނިސްޓްރީއަށް ބަދަލުކުރެއްވިއެވެ. އަފްޒަލް ވަނީ މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކުރިއޭޓިވް ޓެކްނޮލޮޖީއިން، ކޮމްޕިއުޓާ ސައިންސްއިން މޮބައިލް އިން ޑިގްރީ ހާސިލުކުރައްވާފައެވެ.

ހިޔާލު


ގުޅުންހުރި