ރާއްޖެސަރުކާރު

ކާފިއު ގަޑި ކުޑަކޮށް، ޖަމާޢަތުގައި ނަމާދުކުުރެވޭގޮތް ހަދަނީ

29/06/2021

Admin


ޝެއަރ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑެތި ލުއިތައްދޭން ނިންމަވާ އެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް އިއުލާންކުރެއްވި ލުއިތަކުގެ ތެރޭގައި ހިމެނެނީ:

- ކާފިއު ގަޑި ރޭގަނޑު 8 އިން ފަތިހު 4 އަށް ކުރުކުރުން

- ކާފިއު ގަޑި ނޫން ގަޑިތަކުގައި ހުރިހާ ވިޔަފާރިއެއް ހުޅުވާލުން

- ކާފިއު ގަޑި ނޫން ގަޑިތަކުގައި ކެފޭ ރެސްޓޯރަންޓުތަކުގައި ކެއުމުގެ ހިދުމަތް ދިނުން ހުއްދަކުރުން

- ކާފިއު ގަޑި ނޫން ގަޑިތަކުގައި ފާސްނެތި ބޭރުގައި އުޅުމުގެ ހުއްދަ ދިނުން

- އިޖުތިމާޢީ ގައިދުރުކަމާއެކު ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުން

- ބަލި ޖެހި ރަނގަޅުވެފައިވާ މީހުންނަށް ކަރަންޓީންނުވެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދިނުން

މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމެވީ، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާތީއެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި ބައްޔަށް ޕޮޒިޓިވްވީ 155 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 28 މީހުންނެނެވެ. އަތޮޅު ތެރެއިން 70 މީހުން ޕޮޒިޓިވްވި އިރު ރިސޯޓުތަކުން 31 މީހުން ޕޮޒިޓިވްވިއެވެ. ބަލީގައި ޖުމުލަ 210 މީހުން ވަނީ ނިޔާވެފައެވެ.

މާލޭ ސަރަހައްދުން ޕޮޒިޓިވްވާ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ބައެއް ރަށްރަށުގައި އަދިވެސް ޕޮޒިޓިވްވާ އަދަދު ދަށެއް ނުވެއެވެ.

ހިޔާލު


ގުޅުންހުރި