ރާއްޖެސަރުކާރު

މިރޭ ފަތިސް ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެ

30/06/2021

Admin


ޝެއަރ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން ލުއި ދޭން ނިންމާފައިވާތީ މިރޭ ފަތިސް ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

މިރޭ އިސްލާމިކް މިނިސްޓްރީން އިމާމުންނަށް އަންގަވާފައިވަނީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަންދީ ގައިދުކުރުކަމާއެކު ނަމާދު ކުރުމަށެވެ. އަދި އާންމުން މިސްކިތައް ދާއިރު އަމިއްލަ މުސައްލަ ގެންދިއުމާއި މާސްކު އެޅުމާއެކު މިސްކިތުގައި އަބަދުވެސް ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކޮށްފައިވެއެވެ.

މިރޭގެ ފަތިސް ނަމާދުން ފެށިގެން ޖަމާއަތް ހެދުމުގެ ހުއްދަ ދެއްވިއިރު، މާދަމާ އިން ފެށިގެން ކާފިއު ގަޑި ރޭގަނޑު 8 އިން ފަތިހު 4 އަށް ކުރުކޮށް، ކާފިއު ނޫން ގަޑިތަކުގައި އާންމުން ބޭރުގައި އުޅުމުގެ ހުއްދަވަނީ ދީފައެވެ. އަދި ކާއިފު ނޫން ގަޑިތަކުގައި ކެފޭ ރެސްޓޯރަންޓުތަކުގައި ޚިދުމަތް ދިނުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައެވެ. މީގެ އިތުރުން މާދަމާ އިން ފެށިގެން ކޮވިޑް ޖެހި ރަނގަޅު ވެފައިވާ މީހުންގެ ތެރެއިން 60 ދުވަސް ހަމަނުވާ މީހުންނަށް އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދީފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމަވާ އެކަން އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވީ، މާލޭ ސަރަހައްދުގައި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑު ތަކުން ދަށްވެފައިވާތީއެވެ.

ހިޔާލު


ގުޅުންހުރި