ރާއްޖެރައްޔިތުންގެ މަޖިލިސް

އިންޑިއާއާ ޖެހިގަނެގެން ކަންކަމެއް ނުކުރެވޭނެ: އާޒިމް

03/07/2021

Admin

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް


ޝެއަރ

ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ޤައުމާ ޖެހިގަނެގެން ކަންކަން ނުކުރެވޭނެކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެވެ.

"އިންޑިއާ ސިފައިން ބޭރު ކުރެވޭނީ ކިހިނެތް" މި ނަމުގައި ރޭ ކްލަބް ހައުސްގައި ބޭއްވި އާންމު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ އިންޑިއާއާ ޖައްސާލައިގެން ވާހަކަ ދައްކާއިރު, ރާއްޖެއަކީ އަމިއްލައަށް ވަކިވެގަނެގެން އުޅެވޭވަރުގެ ގައުމެއް ނޫންކަން އެނގެން ޖެހޭކަމަށެވެ.

"މި އެންމެ ގިނައިން މިތާ މި ވާހަކަ ދައްކާ ފަރާތްތައް އިރުއިރުކޮޅުން އިންޑިއާ އެމްބަސީއަށް ވަދެ ޔާމީން އަބްދުލްޤައްޔޫމް ދޫކޮށްލެވޭނީ ކިހިނެތްތޯ. ނޫނީޔާ ޕީޕީއެމް އަށް ކޮން ފައިސާއެއް ކިހިނެތްތޯ ލިބެނީ, ލިބޭނީ ކިހިނެތްތޯ. މިތާ މިތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އެއްކޮށް ހަމަ އެ ދަނީ. އެހެންވީމަ, އެހާ ޕާރސަނަލް ލެވެލްއެއްގައި އަޅުގަނޑު ގަބޫލެއް ނުކުރަން ދޭދޭ ގައުމު, އަޅުގަނޑުމެންނާ އެންމެ ގާތް ރަހުމަތްތެރި ގައުމާ ޖެހިގަނެގެން މިކަންކަން ކުރެވޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ނޫސްވެރިންވެސް ސުލޫކީ މިންގަނޑެއް ގެންގުޅެންޖެހޭ ކަަމަށާއި ވަކި ނޫހަކަށް ފިޔަވަޅު އެޅީމާ އެވާހަކަ ދެއްކުން މުހިއްމު ނޫންކަމަށެވެ. އަދި ނޫސްވެރިއަކަށް ވީތީ ނުވަތަ ނޫހެއް ހިންގާތީ ހިތަށްއެރި ވާހަކައެއް, ހިތަށް އެރިގޮތަކަށް ނޫސްތަކުގައި ނުލިޔެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ފިކުރެއްގައި ވާހަކަ ދައްކަމުންދާތަން ފެންނަނީ. ވަކި ނޫހަކަށް ފިޔަވަޅު އެޅީމަ, އެ އެޅިވާހަކަ. ނޫސްވެރިކަމުގެވެސް ކޮންމެވެސް ސުލޫކީ މިންގަނޑެއް އޮންނަންޖެހޭ. ނޫސްވެރިއަކަށްވީތީވެ ނޫނީޔާމު ނޫހެއް ހިންގާތީވެ, ރިޕޯޓަރަކަށް ވީތީވެ އެމީހަކު ހިތަށްއެރި ގޮތަކަށް ހިތަށްއެރި ވާހަކައެއް ނުދެއްކޭނެ, ނުލިޔެވޭނެ" އާޒިމް ވިދާޅުވިއެވެ.

އާޒިމް މިގޮތަށް ވިދާޅުވި އިރު އިންޑިއާގެ ޑިޕްލޮމޭޓުންނާ ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރާފައިވާ މައުލޫމާތާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އިންޑިއާއިން ވަނީ އެދިފައެވެ. އަދި އެމްބަސީތަކަށް ހަމަލާދޭން ސޯޝަލް މީޑީއާގައި ގޮވާލާފައިވާތީ އިންޑިއާއާއި ޗައިނާގެ އެމްބަސީގެ ސަލާމަތީ ކަންކަންވަނީ ވަރުގަދަކޮށްފައެވެ.

ހިޔާލު


dhaaree03:40 2021/07/04

Noon beyfulhaa. Kureveyneeh kameh ebaoiy. Eee alhuvethi nuve ulheveyne

ގުޅުންހުރި