ރާއްޖެރައްޔިތުންގެ މަޖިލިސް

ޕާލަމެންޓަރީ އިންކުއައިރީ ރިޕޯޓު މެންބަރުންނާ ހިއްސާކޮށްފި

07/07/2021

Admin

ޕާލަމެންޓަރީ އިންކުއައިރީ ރިޕޯޓު މެންބަރުންނާ ހިއްސާކުރަން މިއަދު ބޭއްވި ބައްދަލުވުން - ފޮޓޯ: މަޖިލިސް


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް ދެމުންދާ ސަލާމަތާއި ރައްކާތެރިކަން 6 މޭ 2021 ގައި ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ޕާލަމެންޓަރީ އިންކުއައިރީގެ ރިޕޯޓު މަޖިލީހުގެ މެންބަރުންނާ ހިއްސާކޮށްފިއެވެ.

މިއަދު ހަވީރު މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ސަލަމާތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ފަރާތުން އެ ކޮމިޓީގެ މުގައްރިރު މުޙައްމަދު އަސްލަމް ވަނީ ކޮމިޓީން އެކުލަވާލި ފުރިހަމަ ރިޕޯޓުގެ މައުލޫމާތު މެންބަރުންނާ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ރިޕޯޓުު އާންމު ކުރުމުގައި ކޮމިޓީން ސަމާލުކަންދޭން ކަންކަން ފާހަގަކޮށް، ކޮމިޓީން ނިންމާފައިވާ ކަންކަން މެންބަރުންނާ ހިއްސާކުރެއްވިއެވެ.

ޕާލަމެންޓަރީ އިންކުއައިރީގެ މަސައްކަތް ނިންމާ ފައިނަލް ރިޕޯޓު އެކުލަވާލާފައިވާއިރު، ރިޕޯޓު އާންމުކުރާއިރު ޤައުމީ ސަލާމަތާ ގުޅުންހުރިކަންކަން ސިއްރުވާނެކަމަށް 241 ކޮމިޓީގެ މުގައްރިރު އަސްލަމް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ. މިއަދު ބޭއްވި މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ކޮމިޓީން ޖަވާބު ދެއްވިއެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ޕާލަމެންޓަރީ އިންކުއައިރީ ރިޕޯޓު މިރޭ ބާއްވާ ކޮމިޓީގެ ބައްދަލުވުުމުގައި ފާސްކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އަދި މި ރިޕޯޓު މާދަމާ ބާއްވާ މަޖިލީހުގެ މިއަދުގެ އެންމެ ފަހު ޖަލްސާއަށް ހުށަހަޅާ ފާސްކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގި ފުރަތަމަ ފަހަރެވެ.

ހިޔާލު


ގުޅުންހުރި