ރާއްޖެރައްޔިތުންގެ މަޖިލިސް

ޕާލަމެންޓަރީ އިންކުއައިރީ ރިޕޯޓް ކޮމިޓީން ފާސްކޮށްފި

07/07/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް ދެމުންދާ ސަލާމަތާއި ރައްކާތެރިކަން 6 މޭ 2021 ގައި ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ޕާލަމެންޓަރީ އިންކުއައިރީގެ ރިޕޯޓު މިރޭ އެ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މިރޭ ބޭއްވި ސަލަމާތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ 110 ވަނަ ބައްދަލުވުމުގައި ފާސްކުރި ރިޕޯޓުގައި ރައީސް ނަޝީދަށް ދިން ހަމަލާގެ ތަފުސީލާއި އެކަމާ ގުޅިގެން ކޮމިޓީއަށް ފާހަގަ ކުރެވުނު ކަންކަން ހިމަނާފައިވެއެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކުން ކަންކޮށްފައިވާ ގޮތާއި އެކަންކަން ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް ފަހަގަކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ކޮމިޓީން ފާސްކުރި ފުރިހަމަ ރިޕޯޓުގައިވާ ކަންކަން މިއަދު މަޖިލީހުގެ މެންބަރުންނަށް ކިޔައިދީފައިވާއިރު، ފުރިހަމަ ރިޕޯޓު ފޮނުވާނީ ތިން ބާރުގެ ވެރިންނަށްކަމަށް 214 ކޮމިޓީން މީގެ ކުރިންވަނީ ހާމަކޮށްފައެވެ. ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލޭ މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓު އާންމުކުރަން ކޮމިޓީންވަނީ ނިންމާފައެވެ.

މިރޭ ކޮމިޓީން ފާސްކުރި ރިޕޯޓް މަދާމާ އޮންނަ މަޖިލީހުގެ މިދައުރުގެ އެންމެފަހުގެ ޖަލްސާއަށް ހުށަހަޅާ ފާސްކުރާނެ ކަމަށް ބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި އިންކުއައިރީއަށް ކަމާ ގުޅުންހުރި ގިނަ ބަޔަކު ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ. އޭގެ ތެރޭގައި ވަޒީރުންނާއި ވަކިވަކި ސިފައިންނާއި ފުލުުހުންގެ އިތުރުން އެތަންތަނުގެ ވެރިން ހިމެނެއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގި ފުރަތަމަ ފަހަރެވެ.

ހިޔާލު


ގުޅުންހުރި