ރާއްޖެއިދިކޮޅު

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

10/07/2021

Admin


ޝެއަރ

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މި ވަގުތު ގޭ ބަނދުގައި ހުރި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ. ކަރެކްޝަންސްއިން އިތުރު މައުލޫމާތެއް ނުދެއެވެ. ނަމަވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް, ޕީޕީއެމް އިން ބުނީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ ބަޔާންތަކެއްގައި ސޮއިކުރުމަށެވެ.

މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް ވަނީ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރީ މާފުށީ ޖަލުގެ އޮފިސަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖަލުގެ ހާލަތު ގޯސްވުމާ ގުޅިގެން ކަމަށް ބުނެއެވެ.

މަނީލޯންޑަރިން ކުށުގެ އިތުރުންވެސް އެމްއެމްޕީއަރސީ ކޮރަޕްޝަން މައްސަލައިގެ އިތުރު ދައުވާތައް ރައީސް ޔާމީންގެ މައްޗަށްވަނީ އުފުލާފައެވެ. ނަމަވެސް މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކޮށް އެމަކުފާނަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއްކަމަށް ޕީޕީއެމްއާއި ރައީސް ޔާމީންނަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

ހިޔާލު


ގުޅުންހުރި