ރާއްޖެސަރުކާރު

ގުރައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

11/07/2021

Admin

ތ. ގުރައިދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ


ޝެއަރ

ކޮޅުމަޑުލު ގުރައިދޫގައި ހަދަމުންދާ ބަނދަރުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެއެވެ.

ގުރައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު, ބަނދަރުގެ ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މި ޖުލައި މަހުގެ 6 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 24،485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

ގުރައިދޫ ބަނދަރުގެ މަޝްރޫއަކީ 46.01 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މަޝްރޫއު ނިމުމުން މިހާރު އެރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ވަރަށް ބޮޑަށް ހައްލުވެގެންދާނެއެވެ.

ހިޔާލު


ގުޅުންހުރި