ރާއްޖެސަރުކާރު

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ތިން ރަށަކަށް ވަޑައިގަންނަވަނީ

14/07/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

އަންނަ ހަފުތާ ބަންދުގައި ތިލަދުންމަތީގެ 3 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަޑައިގަންނަވަން ހަމަޖައްސަައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިމަހުގެ 16 އިން 18 އަށް ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ކުޅުދުއްފުށި ސިޓީ އާއި ހދ. ކުމުންޑޫގެ އިތުރުން ހދ. ހަނިމާދޫއަށް ކަމަށެވެ. ދަތުރުފުޅުގެ ބޭނުމަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައި، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު، ތަރައްޤީގެ މޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 ކުރިމަތިވުމުގެ ކުރިން، ރައީސް ވަނީ ގިނަ ކައުންސިލްތަކާ ބައްދަލު ކުރައްވާފައިކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިގޮތުން މިހާތަނަށް 127 ބައްދަލުވުމެއް ކައުންސިލްތަކާ އެކު ވަނީ ބާއްވާފައެވެ. އަދި މީގެ އިތުރުން 69 ރަށަކަށް އެ މަނިކުފާނު ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުމާއެކު ހާލަތަށް އައިސްފައިވާ ބަދަލާ ގުޅިގެން، ރައީސް އިތުރު ރަށްރަށަށް ޒިޔާރަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ޒިޔާރަތް ކުރައްވާ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން އައްޑު އައްސަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން، މި ދިޔަ މޭމަހުގެ 28 ވަނަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހު, އަނެއްކާވެސް ބަލި ކޮންޓްްރޯލް ކުރެއްވި ބަލިޖެހޭ މީހުންގެ އަދަދު މަދުވުމާ ގުޅިގެން, ފިޔަވަޅުތައް ލުއިކޮށް ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަވަނީ ދީފައެވެ.

ހިޔާލު


ގުޅުންހުރި