ރާއްޖެސަރުކާރު

ރައީސްގެ ދެކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގެން, ސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައިފި

16/07/2021

Admin


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ސިޓީގެ މުހިއްމު ތަންތަނަށް ޒިޔާރަތްކުރައްވަފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހަވީރު ކުޅުދުއްފުޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ތިލަދުންމަތީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.

ރައީސް ކުޅުދުއްފުޓަށް ވަޑައިގަތް ވަގުތު އެއަރޕޯޓު ސަރަހައްދުގައި އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާ ބަޔަކު އަޑު ގަދަކުރަމުންދިޔައެވެ.

ރައީސް ދެ ކަނބަލުން ފުރަތަމަ ޒިޔާރަތް ކުރެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކުރައްވާ, ހޮސްޕިޓަލުން މިހާރު ދެމުންދާ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަބަނލުން ހޮސްޕިޓަލް ބައްލަވާލައްވާ, ހޮސްޕިޓަލުން ހިދުމަތް ހޯދަމުން ދިޔަ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.

ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބޭފުޅުންނާ ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް


މީގެ އިތުރުން ކުއްދުއްފުށީ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސްގެ ދެކަބަނލުން ބައްލަވާލެއްވިއެވެ. ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން ރައީސްގެ ދެކަނބަލުންނަށް މައުލޫމާތު އެރުވީ އެމްޓީޓީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާާޒިމްއެވެެ. އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫގެ މަސައްކަތުގެ 65 އިންސައްތަ ވަނީ ނިމިފައެވެ.

ކުޅުދުއްފުށީ ސިޓީއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުމުންދޫއަށެވެ. އެރަށުގައިވެސް އެދެކަނބަލުން ވަނީ ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށާއި، ކުމުންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައު އިމާރާތާ ގުޅޭ މައުލޫމާތު ރައީސަށް ދެއްވަނީ - ފޮޓޯ: ރައީސް އޮފީސް


ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެދެކަނބަލުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އެދެކަނބަލުން ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި، ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށާއި، ހަނިމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ވެސް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ހަވީރުއެވެ.

ހިޔާލު


ގުޅުންހުރި