ރާއްޖެސަރުކާރު

ކުޅުއްދުއްފުށި ހޮސްޕިޓަލަށް އިތުރުކުރާ ބައިގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމަނީ

16/07/2021

Admin


ޝެއަރ

ކުޅުއްދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އިތުރު ކުރާބައިގެ މަސައްކަތް އަންނަ ސެޕްޓެމްބަރަށް ނިމޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީ ކުރިއަށް ގެންދާ މި މަޝްރޫއުގެ 65 އިންސައްތަ މިހާރުވަނީ ނިމިފައެވެ. މި އިމާރާތުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިމިފައިވާއިރު އިމާރާތުގެ މަސައްކަތް އެއްކޮށް އަންނަ ސެޕްޓެމްބަރަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އައު އިމާރާތުގައި 30 އެނދުގެ ވޯޑާއި 6 އެނދުގެ އައިސީޔޫއަކާއި ލެބޯޓްރީއެއް ހިމެނެއެވެ. މީގެ އިިތުރުން 33 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ހޮސްޕިޓަލް ވޯކްވޭއަކުން ގުޅުވާލުމާއި އަދި އޯޕީޑީ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ހޮސްޕިޓަލް ބޮޑު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން ބައްލަވާލައްވާފައެވެ.


ހޮސްޕިޓަލުގެ އައު އިމާރާތުގެ އިތުރުން, ލޯންޑުރީ ބޮޑުކޮށް ޒަމާނީ ފެންވަރުގެ ލޯންޑްރީއެއް ހެދުމުގެ މަސައްކަތް އެސްޓީއޯއިން ދަނީ ކުރަމުންނެވެ. އަދި ބެކަޕް ޖެނެރޭޓަރ ބެހެއްޓުމަށް އެގްރީމެންޓް ކުރެވި މަސައްކަތް ކުރިޔަށް ދާއިރު, ބްލަޑް ބޭންކް ޤާއިމު ކުރުމަށް ބޭނުންވާ ސާމާނު މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މީގެ އިތުރުންވެސް ލެބޯޓަރީ އިންފޮމޭޝަން ސިސްޓަމެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާލު


ގުޅުންހުރި