ރާއްޖެސަރުކާރު

މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ

19/07/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި މާދަމާ އަޟްޙާ ޢީދު ނަމާދު ކުރާ ގޮތަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ، މާލެ ސަހައްދާއި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ނުކުރާ ގޮތަށެވެ. އެހެން ނަމަވެސް މިދަނޑިވަޅުގައި ކޮވިޑުގެ ޙާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ، މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި ޢީދު ނަމާދު ކުރުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރަން އެދޭނަމަ، އެ ހުއްދަ ދިނުމަށްވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ރާއްޖޭގައި ކޮވިޑުގެ ޙާލަތު ގޯސްވުމާ ގުޅިގެން ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން، މޭ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވަގުތީ ގޮތުން ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލާފައެވެ. އެހެން ނަމަވެސް މިދިޔަ ޖޫން މަހުގެ ފަހުކޮޅު ދިން ލުއިތަކާ އެކީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާޢަތުގައި ނަމާާދު ކުރުމުގެ ހުއްދަވަނީ ދީފައެވެ.

މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން އަމިއްލަ މުސައްލައެއް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ހިޔާލު


ގުޅުންހުރި