ސިނަމާ އާއި ލައިފްސްޓައިލްބޮލީވުޑް

ބަރަހަނާ ވީޑިއޯ އުފައްދާ ކަމުގެ ތުހުމަތުގައި ޝިލްޕާގެ ފިރިމީހާ ހައްޔަރުކޮށްފި

19/07/2021

Admin


ޝެއަރ

ބަރަހަނާ ވީޑިއޯ އުފައްދާ ކަމުގެ ތުހުމަތުގައި ބޮލީވުޑްގެ ފިލްމީ ތަރި ޝިލްޕާ ޝެއްޓީގެ ފިރިމީހާ, ރާޖް ކުންދްރާ ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ މުމްބާއީ ކްރައިމް ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނީ, ވިޔަފާރިވެރިޔާ ރާޖް ހައްޔަރު ކުރީ ބަރަހަނާ ފިލްމުތައް އުފައްދާ އެޕްލިކޭޝަންތަކުގެ ޒަރީއްޔާއިން އެ ވީޑިއޯތައް އާންމުކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުުހުމަތުކުރެވޭތީއެވެ. އޭނާ ހައްޔަރުކުރީ ފެބްރުއަރީ މަހު ފުލުހަށް ހުށައެޅި މައްސަލައަކާ ގުޅިގެންނެވެ. ރާޖް ކުންދްރާއާ ދެކޮޅަށް ބޭނުންވާ ހެކިތައްވެސް ފުލުހުންގެ އަތުގައި އެބަހުރި ކަމަށް ހުރިހަކަމަށް އިންޑިއާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

ރާޖު ހައްޔަރުކުރި މައްސަލާގައި ޝިލްޕާ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ޚަބަރުތައް ބުނާ ގޮތުން ޝިލްޕާ މިހާރު ޖަޖްކަން ކުރަމުންދާ ސުޕާ ޑާންސާ4ގެ ޝޫޓިންގއަށްވެސް އޭނާ ނުދެއެވެ.

ޝިލްޕާ ޝެއްޓީ އާއި ރާޖް ކުންދްރާ ކައިވެނިކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް މިހާރު ވަނީ ދެ ކުދިންވެސް ލިބިފައެވެ.

ހިޔާލު


ގުޅުންހުރި