ރާއްޖެސަރުކާރު

ކޮވިޑް-19 ޖެހިގެން އަނެއްކާވެސް މީހަކު ނިޔާވެއްޖެ

21/07/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

މިކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަކުން އަދި ހާމައެއް ނުކުރެއެވެ. މިއާއެކު ރާއްޖޭން ކޮވިޑް ބަލީގަައި ނިޔާވި މީހުންގެ އަދަދު ވަނީ 218އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 201 ދިވެހީންނާއި 17 ބިދޭސީންނެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ފާއިތުވި 24 ގަޑިއިރު ތެރޭގައި 169 ކޮވިޑް ކޭސް ވަނީ ފެނިފައެވެ. އެއީ މާލެ ސަރަހައްދުން 24 މީހަކާއި އަތޮޅު ތެރޭގެ ރަށްރަށުން 127 މީހަކާއި ރިޒޯޓުތަކުން 15 މީހެއްގެ އިތުރުން ކަނޑުމަތީން 3 މީހެކެވެ.

ހިޔާލު


ގުޅުންހުރި