ރާއްޖެސަރުކާރު

ލަންކާ ދަތުރަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

23/07/2021

Admin


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ.

ރައީސްގެ ދެކަނބަލުން މިދިޔަ ހަފުތާގައި ވަނީ ތިލަދުންމަތީގެ ތިން ރަށަކަށް ވަޑައިގެން އެރަށްރަށުގެ މުހިއްމު ތަންތަނަށް ޒިޔާރަތް ކުރައްވާ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާތަކާ ބައްދަލުކުރައްވާ, ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ރައީސްގެ ދެކަނބަލުން ވަޑައިގަތީ ކުޅުދުއްފުށި ސިޓީއާއި ތަކަންދޫއާއި ހަނިމާދޫއަށެވެ.

އީދު ބަންދާއި މިނިވަން ދުވަހާ ގުޅިގެން މިމަހުގެ 15 އިން ފެށިގެން 31 ގެ ނިޔަލަށް ސަރުކާރު ބަންދެވެ.

ހިޔާލު


ގުޅުންހުރި