ރާއްޖެސަރުކާރު

ޝާހިދު އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފި

23/07/2021

Admin


ޝެއަރ

އދ ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރު ބޭއްވެވި މި ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް އެކަމަށްޓަކައި މިނިސްޓަރ ޝާހިދު މޯދީއަށް ޝުކުރުއަދާކުރެއްވިއެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން އޭނާ ފާހަަގަކުރެއްވިއެވެ.

ޝާހިދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މޯދީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި, އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރިޔާސަތަށް ވަޑައިގަތުމަށް ކުރިއަށްގެންދިޔަ ކެމްޕޭނަށް އިންޑިއާއިން ތާއީދުކޮށް ވެދިން އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝާހިދު ޝުކުރު އަދާކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި އަންނަ ސެޕްޓެމްބަރު މަހު ފެށޭ އދގެ 76 އާންމު ބައްދަލުވުމުގެ ރިޔާސަތާ ހަވާލުވުމަށްފަހު, އިސްކަންދެއްވާނެ ކަންކަމާ ގުޅޭގޮތުން ޝާހިދު މޯދީއާ މަޝްވަރާކުރެއްވިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ޝާހިދު ކުރައްވާ މި ދަތުރުފުޅުގައި މޯދީގެ އިތުރުން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާއާއި ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާއާ މިއަދުވަނީ ބައްދަލުކުރައްވާފައެވެ..

ހިޔާލު


ގުޅުންހުރި