ކުޅިވަރުރާއްޖޭގެ ކުޅިވަރު

އީދު ކުޅިވަރުތަކުގެ ތެރެއިން ގޮައިދޫގައި ކުޅޭ އަލިފާން ފުޓްބޯޅަ މެޗް

25/07/2021

ޒައިން ރަޝީދު

ބ. ގޮައިދޫގައި ބޭއްވި އަލިފާން ބޯޅަ މެޗުގެ ތެރެއިން - ފޮޓޯ: ގޮއިދޫ ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ


ޝެއަރ

އަޟްހާ އީދާ ގުޅިގެން ބ. އަތޮޅު ގޮއިދޫގައި ކުޅޭ އަލިފާން ފުޓްބޯޅަ މެޗަކީ އެރަށުގެ ރައްޔިތުންނާއި އެރަށަށް ޒިޔާރަތް ކުރާ ގިނަ ބައެއްގެ ސަމާލުކަން ލިބޭ މެޗެކެވެ.

މި އަހަރުގެ އަޟްހާ އީދާ ގުޅިގެން ބޭއްވި މެޗު ޕެނަލްޓީ ޖަހައިގެން 1 - 0 އިން ކާމިޔާބު ކުރީ ރައީސްގެ ޓީމެެވެ. އަލިފާން ބޯޅަ ބޭނުންކޮށްގެން މެޗު ކުޅޭއިރު ގޯލާއި ދަނޑުގެ ލައިންތައްވެސް ފާހަގަކުރަނީ އަލިފާނުންނެވެ. ކުޅުންތެރިން މެޗު ކުޅެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

މިއީ ގޮއިދޫގައި މިގޮތަށް އަލިފާން ބޯޅަ މެޗެއް ކުޅުނު ފުރަތަމަ ފަހަރެއް ނޫނެވެ. އަޟްހާ އީދުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމަނައިގެން ކޮންމެ އަހަރަކުވެސް މި މެޗް ކުޅެއެވެ. އަދި މިގޮތަށް މެޗް ކުޅޭތާ ގާތްގަޑަކަށް 10 ވަރަކަށް އަހަރު ވެދާނެއެވެ.

"މިއީ ހަމަ އީދު އުފަލުގައި ގޮއިދޫގައި ކޮންމެ އަހަރަކުވެސް އޮންނަ ހާއްސަ ފުޓްބޯޅަ މެޗެއް. ހީއެއް ނުވޭ މިކަހަލަ އިވެންޓެއް އެހެން ތަނަކުން, ވާހަކައަކީ އަހަރުމެންނެއް ނުދެކެން. ރާއްޖޭގެ އެހެން ބަޔަކު މިކުޅިވަރު ކުޅެނިކޮނެއް އަދި ނުދެކެން. މިއީ ހަމަ މަޖާ ކޮށްލުމަށްޓަކައި ގިނަ ކުދިން ސޭފްޓީއާ ކަންކަމަށް ބަލައިގެން ކުރިއަށް ގެންދާ އިވެންޓެއް" މެޗުގައި ކުޅުނު ކުޅުންތެރިޔަކު ކިޔައިދިނެވެެ.

ރާއްޖޭގެ އެކިކަން ކޮޅުތަކުގައި އަޟްހާ އީދުގެ ކުޅިވަރުތައްދަނީ ބާއްވަމުންނެވެ. ކޮވިޑް-19 ގެ ބަލި މަޑުކަމުގައި ގިނަ ދުވަހު ފުރަބަންދުގައި ތިބުމަށްފަހު ލިބުނު ފުރަތަމަ ޗުއްޓީގައި ގިނަ ބަޔަކު ވަނީ އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް އަތޮޅު ތެރެއަށް ޒިޔާރަތް ކޮށްފައެވެ. އަދި ގިނަ ރަށްރަށުގައި އީދު ކުޅިވަރުތައް ދަނީ ކުޅެމުންނެވެ.

އީދު ބަންދާއި މިނިވަން ދުވަހުގެ ޗުއްޓީއަށްފަހު ސަރުކާރު ހުޅުވޭނީ އަންނަ އޯގަސްޓު މަހުގެ 1 ވަނަ ދުވަހުގައެވެެ.

ހިޔާލު


ގުޅުންހުރި