ވިޔަފާރި

ހެމާ ޖިމްއިން ކުޑަކުދިންނަށް ހާއްސަ ޕެކޭޖުތަކެއް

25/07/2021

ޒައިން ރަޝީދު


ޝެއަރ

މާލޭގެ މަޝްހޫރު ހެމާ ޖިމްއިން ކުޑަކުދިންނަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފް ކޮށްފިއެވެ.

ކުޑަކުދިން ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން ހެމާއިން ތައާރަފް ކުރި ކުޑަކުދީންގެ ހާއްސަ ޕެކޭޖުގައި ޖިމަށް ވަނުމުގެ ފީވަނީ 50 ޕަސެންޓަށް ކުޑަކޮށްފައެވެ. އާންމު ގޮތެއްގައި ބޮޑެތި މީހުންނަށް 1060 ރުފިޔާ މަހު ފީގެ ގޮތުގައި ނަގާއިރު, ކުޑަކުދީންގެ ޕެކޭޖުގައި ނަގާނީ 530 ރުުފިޔާއެވެ.

ކުޑަކުދީންގެ ހާއްސަ ޕެކޭޖުގައި 10 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭނެއެވެ. ކުޑަކުދިންނަށް ހާއްސަ ޕެކޭޖެއް ތައާރަފް ކުރަން ނިންމީ މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްތަކަށްވުމާއެކު ކަސްރަތު ކުރަން ބޭނުންވާ ކުދިންނަށް އެފުރުސަތު ހޯދައިދިނުމަށްކަމަށް ހެމާއިން ބުންޏެވެ. އަދި ޗުއްޓީ ދުވަސްވަރުގައިވެސް ކުޑަކުދިންވެސް ހަރަކާތްތެރިވެ, ކަސްރަތު ކުރުމުގެ މުހިއްމުކަން ހެމާއިން ފާހަގަކުރިއެވެ.

ހެމާ ޖިމަކީ ވަސީލަތްތަކާއި ޖާގައިގެ ގޮތުން ވަރަށް ތަނަވަސް ޖިމެކެވެ. އަދި މި ޖިމުންވަނީ ރާއްޖޭގެ ބޮޑީބިލްޑިންގެ ދާއިރާއަށް ވަރަށް ގިނަ ޒުވާނުންނެރެ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިކޮށް ވަނަ ހާސިލްކޮށްފައެވެ. ހެމާ ޖިމް ހުންނަނީ ކިންގް ސަލްމާން މިސްކިތާ ދިމާލުން ކާނިވާ ސަރަހައްދުގައެވެ.

ހިޔާލު


ގުޅުންހުރި