ސިނަމާ އާއި ލައިފްސްޓައިލްބޮލީވުޑް

ސޯޝަލް މީޑިއާގައި އެންމެ ޓްރެންޑް ވަނީ ”މެނިކޭ މަގޭ ހިތޭ“

26/07/2021

ޒައިން ރަޝީދު


ޝެއަރ

ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ކިޔާފައިވާ ”މެނިކޭ މަގޭ ހިތޭ“ ލަވަ ދަނީ ސޯޝަލް މީޑިއާގައި ރަނގަޅަށްވެސް ރިކޯޑު ހަދަމުންނެވެ.

ރާއްޖެއާ ލަންކާ އަދި އިންޑިއާގައިވެސް މި ލަވަ ވަނީ ޗާޓުގެ އެންމެ ކުރިން ޖާގަ ހޯދާފައެވެ. އަދި މި ސަރަހައްދުގެ ގިނަ ގައުމުތަކުގެ ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ޓްރެންޑުވަނީ ވެސް މި ލަވައެވެ.

މިހާތަނަށް ޔޫޓިބުުން އެކަނިވެސް 11 މިލިއަން މީހުން ލަވަ ބަލާފައިވާއިރު ޓިކްޓޮކްގައިވެސް މި ލަވަވަނީ އެތައް މިލިއަން މީހުން ބަލާފައެވެ. މި ލަވައަކީ ސިންގަޅަ ބަހުން ޔޮހާނީ ކިޔާފައިވާ ކަވަރ އެކެވެ. ”މެނިކޭ މަގޭ ހިތޭ“ ލަވައިގެ އޮރިޖިނަލް ލަވަ އަކީ ޝަތީޝާން 2020 ނެރުނު ލަވައެކެވެ. ޔޮހާނީގެ ކަވަރއަށްފަހު ޝަތީޝާންގެ ލަވައަށްވެސް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ޔޮހާނީ ލަވައަށް ލިބުނު ތަރުހީބަށް ބަލާ މިހާރު އޭނާ ދަނީ މިލަވައިގެ މަޅާޔަލަމް ވާރޝަނެއް ރިކޯޑުކުރަމުންނެވެ. މަޅާޔާލަމް ލަވައިގެ ތަންކޮޅެެއް ޓިކްޓޮކްގައި ދައްކާލާފައިވާއިރު އެލަވަ ވަރަށް އަވަހަށް ނެރޭނެއެވެ. އަދި ސިންގަޅަ ލަވައަށް 11 މިލިއަނަށްވުރެ ގިނަ ވިއުޒް ލިބުން ފާހަގަކޮށް, އޭނާ ވަނީ ސަޕޯޓުކުރި ހުރިހާ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ ސޯޝަލް މީޑިއާގައިވެސް މިލަވަ ޓެރެންޑުވެ ގިނަ ބަޔަކުވަނީ ލަވައިގެ ޖާދޫގައި ޖެހިފައެވެ.

ހިޔާލު


ގުޅުންހުރި