ރާއްޖެސަރުކާރު

ރައީސް ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް

27/07/2021

ޒައިން ރަޝީދު


ޝެއަރ

މިއަދުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދަތުރާފުޅާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހާމަނުކޮށް, ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިމަހުގެ 27 އިން 31 އަށް ރައީސް ދުބާއީ އަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައީސްގެ އާއިލާގެ ބައެއް ބޭފުޅުން ދުބާއީގައި މިވަގުތު ތިއްބެވި ނަމަވެސް ރައީސް ވަޑައިގަންނަވަނީ އާއިލީ ބޭފުޅުންގެ އަރިހަށްކަމެއް ސާފެއް ނުވެއެވެ. މިދިޔަ ޖޫން މަހުގެ ފަހުކޮޅު ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ވަޑައިގަތެވެ. އެފަހަރު ވަޑައިގަތީ ރައީސް ސާލިހްގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހް ނިޔާވުމާ ގުޅިގެންނެވެ.

ރައީސްގެ ދެ ކަނބަލުން ލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު މާލެ ވަޑައިގަތީ މި ދިޔަ ހުކުރު ދުވަހުގައެވެ. އަދިި އޭގެ ކުރިން އީދު ބަންދުގެ ފުރަތަމަ ދުވަހު ރައީސްގެ ދެކަނބަލުން ވަނީ އުތުރުގެ ތިން ރަށަކަށް ވަޑައިގެން އެރަށްރަށު ބޭފުޅުންނާ ބައްދަލުކުރައްވާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ހިޔާލު


ގުޅުންހުރި