ރާއްޖެއިދިކޮޅު

ދޮގު ހަދަނީ ކާކު؟ އަބްދުއްރަހީމް ތަ, ނޫނީ މައުމޫން ތަ؟

30/07/2021

ޒައިން ރަޝީދު


ޝެއަރ

ޕީޕީއެމްއާ އަލަށް ގުޅުނު މެންބަރުންގެ ފޯނު ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަހީމް އަބްދުالله ވަނީ ރައީސް މައުމޫނަށް ވަރުގަދަ ތުހުމަތުތަކެއް ކުރައްވާފައެވެ.

ޢަބްދުއްރަހީމް ވިދާޅުވީ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމާ ދެކޮޅަށް ރައީސް މައުމޫން ނިކުންނެވީ އެމަނިކުފާނުގެ ލެގަސީ ނައްތާލަން ރައީސް ޔާމީން މަސައްކަތް ކުރައްވާ ކަމުގެ ވާހަކަ ދެއްކެވުމަށްފަހު އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ. އެގޮތުން އޭރު ރައީސް ޔާމީން ކުރިއަށް ގެންދެވި ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކާ ރައީސް މައުމޫން ދެކޮޅު ހައްދަވާ ވާހަކަ ދެއްކެވިކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޢަބްދުއްރަހީމް ވަނީ ރައީސް މައުމޫން ދެކޮޅު ހެއްދެވި ބައެއް މަޝްރޫއުތައް ފާހަގަކުރައްވާ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މާލެ-ހުޅުމާލޭ ބުރިޖާއި ކިންގް ސަލްމާން މިސްކިތާއި ހުޅުމާލޭ ދެ ވަނަ ފިޔަވަހި ޒުވާނުންގެ ޝަހަރެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްވުރެ މުހިއްމު ކަންކަން ހުރި ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ކީއްކުރަން އަޅާ ބްރިޖެއް ހެއްޔޭ، އިސްލާމީ މަރުކަޒެއް އަޅާފައި ހުއްޓާ ކީއްކުރަން ހެއްޔޭ އަލުން، ހުޅުމާލެ ހިއްކާފައި ހުއްޓައި އަލުން ހިއްކައިގެން ދެ ވަނަ ފިޔަވަހީގައި ޒުވާނުންގެ ސަހަރު ހަދަނީ، އެއީ އެ ކޯލިޝަނުން ވަކިވުމަށް ދެއްކި ހުއްޖަތް" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ސިފަކުރެއްވި ގޮތުގައި ރައީސް މައުމޫން, ކޮއްކޯފުޅު ޔާމީންއާ ދެކޮޅަށް ނިކުމެ މަސައްކަތް ފެއްޓެވީ ރައީސް މައުމޫންގެ ލެގަސީ ދުއްވާލުމަށް ރައީސް ޔާމީން ކުރައްވަމުން ގެންދެވި ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުންނެވެ. އަދި ރައީސް ޔާމީން ވަނީ ރައީސް މައުމޫންގެ 30 އަހަރުގެ ތެރޭގައި ނުގެނެވޭހާ ކުރިއެރުން 5 އަހަރުގެ ތެރޭގައި ގެނެސްފައިކަމަށް ޕީޕީއެމްގެ ސަޕޯޓަރުން ގޮވަމުން ދިޔައެވެ.

ޢަބްދުއްރަހީމްގެ މި ތުހުމަތުތަކަށް ސީދާ ރައީސް މައުމޫން ޖަވާބެއް އަދި ނުދެއްވައެވެ. ނަމަވެސް އެމަނިކުފާނުގެ ދިފާއުގައި ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ނިކުންނަވާފައެވެ. ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ބުރިޖުގެ މަސައްކަތަކީ ރައީސް މައުމޫންގެ ތަސައްވުރެއް ކަމަށާއި އެހެން ކަމުން އެކަމާ އެމަނިކުފާނު ދެކޮޅު ކަމަށް ވިދާޅުވެ ޢަބްދުއްރަހީމް ހެއްދެވީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި ރައީސް ޔަމީންގެ ސަރުކާާރުން ވަކިވީ ޕީޕީއެމްގެ އަސާސްތަކާއި ދުރަށްގޮސް ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ތެރެޔަށް ދިއުމުން ކަމަށެވެ.

"ކަނޑައެޅިގެން ދޮގެއް. ފޭޒް 2 ވެސް ބްރިޖްވެސް އެއީ ރައީސް މަައުމޫންގެ ތަސައްވުރެއް. ތާއީދު އަނބުރާ ގެންދެވީ ޕީ.ޕީ.އެމް ގެ ސަރުކާރު ޕީ.ޕީ.އެމް ގެ އުސޫލުތަކާއި ދުރަށް ގޮސް ކޮރަޕްޝަނާ އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން. އޭރު ކަން ހިނގާދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް ނުވޭ." ޔުމްނާ ވިދާޅުވިއެވެ.

ޢަބްދުއްރަހީމްގެ ބަހުގެ ހަމަލާތައް ރައީސް މައުމޫންއަށް އަމާޒު މިކުރީ, މިނިވަން ދުވަހުގައި ރައީސް މައުމޫން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީންއަކީ ޖަލުހުކުމެއްގައި ހުރި މީހެއްކަމަށާއި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއަށް ވާދަނުކުރެވޭނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ހިޔާލު


Ali waheedhu19:27 2021/07/31

އަދި ލިޔެލާނަން ބުރިޖު މިއީ އެދުވަސްވަރު އަޑުއިވޭނަމެއްނޫން ނަމަވެސް މާލެއިން ފުނަދުވައް ފުނަދޫއިން ހުޅުލެއަށް ފާލަމެއް އޅުމަށްޓަކައި مرحوم إبراهيم ناصر ގެ ވެރިކަމުގައި މަސްވަރާކުރެވި ހެންވޭރު މަސް މާރުކޭޓު ސަރަހައްދުން މަސައްކަތް ކުރަން ފެށުނު ރައީސް މައުމޫނު އެދުވަސްވަރު ހުންނަވާނީ ޓރާސްޕޯޓް މިނިސްޓަރުއަކަށް އެހެންވީއިރު ޔުމްނާ ބުނެދީބަލަ އެއީ ކާކުގެ ވިސްނުމެއްތޯ ބުރިޖު އަޅަންފެށީ رئيس عبدالله يامين عبدالقيوم ގެ ވެރިކަމުގަ އެމްޑީޕީއާއި ދެކޮޅަށް އެއިރު ތިވިދާޅުވާ رئيس مؤمون عبدالقيوم ހުރީ އެމްޑީޕީއަށް ސޮއިކޮށް އެމްޑީޕީގަ އެހެންވީމާ މައުމޫނުއާއިވެސް ދެކޮޅަށް ބުރިޖުއަޅާފަ އެއޮތީ شكرية رئيس عبدالله يامين عبدالقيوم إنشاء الله ٢٠٢٣ رئيس عبدالله يامين عبدالقيوم

އަލީ15:38 2021/07/31

ތިކަން އޮންނާނީ ސާފުކޮއް ފެންނަން ކާކުތަބޭނުންވާނީ ތިމާއަށް ވުރެން އަނެކާމޮލުވާން ދަރިން ފިޔަވާ

އަށްޔު09:46 2021/07/31

އަބްދުއްރަހީމަކީ ކުށްކޮށް ކުށް ސާބިތުވެފާ ވާ ފަރާތެއް މައުމޫނުގެ ސާބިތު ކުށެއް ނުފެނޭޭ

ގުޅުންހުރި