ރާއްޖެސަރުކާރު

ދުބާއީ ދަތުރަށްފަހު ރައީސް މާލެ ވަޑައިގެންފި

01/08/2021

ޒައިން ރަޝީދު


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް ދުބާއީއަށް ވަޑައިގަތީ މިމަހުގެ 27 އިން 31 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ރައީސް ސޯލިހް ދުބާއީއަށް ވަޑައިގެންނެވީ މިދިޔަ ޖޫން މަހު ނިޔާވި އެމަނިކުފާނުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހްގެ ފާތިހާއަށެވެ. ރައީސް ސޯލިހްގެ އާއިލާގެ ބޭފުޅުންވެސް މި ވަގުތު ތިއްބެވީ ދުބާއީގައެވެ.

ރައީސްގެ ދެ ކަނބަލުން ވަނީ އީދު ޗުއްޓީއަށް ލަންކާއަށްވެސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދިި އޭގެ ކުރިން އީދު ބަންދުގެ ފުރަތަމަ ދުވަހު ރައީސްގެ ދެކަނބަލުން ވަނީ އުތުރުގެ ތިން ރަށަކަށް ވަޑައިގެން އެރަށްރަށު ބޭފުޅުންނާ ބައްދަލުކުރައްވާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ހިޔާލު


ގުޅުންހުރި