ރާއްޖެސަރުކާރު

ކޮވިޑް ވެކްސިން ނުޖަހާ މީހުން ސްކޫލްތަކަށް ވަނުން މަނާ ކުރަނީ

01/08/2021

ޒައިން ރަޝީދު


ޝެއަރ

ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް، އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކަށް ނުވަދެވޭނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރު ކުރު ބަޔާނެއްގައި ބުނީ ދަރިވަރުންގެ ކިިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި ކޮވިޑް-19 ރައްކާތެރިވުމަށް ސްކޫލްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން 01 ސެޕްޓެންބަރ އިން ފެށިގެން ސްކޫލްތަކަށް ވަދެ ނިކުމެވޭނީ ކޮވިޑް-19 ރައްކާތެރިވުމަށް ރާއްޖޭގައި ދެވޭ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އަދި ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަކަށް ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ 8 ވަނަ ދުވަހުގައެވެ. އަދި އައު އަހަރުގައި ކިޔަވައިދޭނެ ގޮތެއް އެޑިއުކޭޝަނުން ނުނިންމައެވެ.

ހިޔާލު


ގުޅުންހުރި