ރާއްޖެސަރުކާރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއްމަހަށް ދަމަހައްޓައިފި

02/08/2021

ޒައިން ރަޝީދު

މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމް - ފޮޓޯ: ރައީސް އޮފީސް


ޝެއަރ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އެއްމަހަށް އިތުރުކޮށްފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ވަނީ އެކިފަހަރު މަތިން އިތުރުކޮށްފައެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުނު ގަރާރެއްގައި ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި، މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށާއި ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު އަންނަ މަހަށް އިތުރުކުރިއިރު, ބަލިޖެހޭ މީހުންގެ އަދަދު އަނެއްކާވެސް ވަނީ މަތިވާން ފަށާފައެވެ. އެގޮތުން އިއްޔެ 115 މީހުން ބައްޔަށް ޕޮޒިޓިވްވިއެވެެ. އަދި 20 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ބަލީގައި 221 މީހަކު ވަނީ ނިޔާވެފައެވެ.

ހިޔާލު


ކަރުހަކުރު15:32 2021/08/03

އިންޑިޔާގެ އެތައްސަތޭކަބަޔަކު ކަރަންޓީނުވުމުގެނަމުގައި އއތޮއްޑޫއަށްގެނެސްއެމީހުން މާސްކެއްވެސްނާޅާ ގެރިއަައިނެއްހެން މުޅި ރަށުތެރޭގާދުވަނީ

ގުޅުންހުރި