ރާއްޖެރައްޔިތުންގެ މަޖިލިސް

ޖާބިރު މަޖިލިސް ދޮރުމަތީ އޮށޯވެ އޮވެ، ހަޅޭއްލަވާ އަވަގުރާނަ ގޮވައިފި

03/08/2021

ޒައިން ރަޝީދު

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މަޖިލިސް ދޮރުމަތީ އޮށޯވެގެން


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މަޖިލީހުގެ އިދާރާގެ ރަސްމީ ގޭޓު ކުރިމަތީ އޮށޯވެ އޮވެ އަވަގުރާނަ ގޮވައިފިއެވެ.

މިއަދު ހެނދުނު 10 ޖަހާއެހާކަންހާއިރު ޖާބިރު މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޖިލީހުގެ އިދާރީ މުވައްޒަފުން މަސައްކަތް ކުރާ އިމާރާތައް ވަދެ އެތަނުގައި ހަޅޭއްލަވާ، އަވަގުރާނެ ގޮވިއެވެ. އަދި ބައެއް މުވައްޒަފުންނަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ނައިބު ރައީސް އިވާ އަބްދުﷲގެ އިސްތިއުފާ ސިޓީ ލިޔެދިނުމަށް ޖާބިރު އަމުރުކުރިއެވެ.

މައުލޫމާތު ލިބުނު ގޮތުގައި އިދާރީ މުވައްޒަފުންނަށް ބިރު ދައްކާ އަވަގުރާނަ ގޮވުމަށްފަހު މަޖިލީހުގެ އިދާރާއިން ބޭރަށް ޖާބިރު ދިޔައީ އަމިއްލައަށެވެ. އެއަށްފަހު އޭނާ ވަނީ މަޖިލީހުގެ ގޭޓު ކުރިމަތީ އޮށޯވެ އޮވެ ހަޅޭއްލަވާ އަވަގުރާނަ ގޮވާފައެވެ. އަދި ގޭޓު ހުޅުވުމަށް ގޮވަމުން ދިޔައެވެ.

މިކަމާ ގުޅޭގޮތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާއު ވިދާޅުވީ ޖާބިރު އޮށޯވެ އޮތް ގޭޓަކީ މެންބަރުން ވަދެ ނިކުންނަ ގޭޓެއް ނޫންކަމަށާއި މެންބަރުންނަށް ހާއްސަ ގޭޓު ހުންނާނީ އަނެއް ފަރާތުގައި ކަމަށެވެ. އަދި އިހުތިޖާޖުކޮށް ހަޅޭއްލެވީ ކީއްވެގެން ކަމެއް ނޭގޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ނޭގޭ ވީގޮތެއް. އެ ގޭޓަކުން މެންބަރުން ވަދެވަޑައެއް ނުގަންނަވާނެ. މެންބަރުނަށް ހާއްސަ ގޭޓު ހުންނާނީ އަނެއް ފަރާތުގައި" ޒިޔާޢު ވިދާޅުވިއެވެ.

ޖާބިރު ވަނީ މީގެ ކުރިންވެސް ޖަމިލީހުގެ ތެރޭގައި ހަޅޭއްލަވާ އަވަގުރާނަ ގޮވާ ހަދާފައެވެ.

ހިޔާލު


ގުޅުންހުރި