ރާއްޖެރައްޔިތުންގެ މަޖިލިސް

މަރާލަން ކުރި މަސައްކަތް ހުއްޓާލިކަމަށް ދެކެން އުނދަގޫ: ނަޝީދު

04/08/2021

ޒައިން ރަޝީދު


ޝެއަރ

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ކުރި މަސައްކަތް ހުއްޓާލީކަމަށް ދެކެން އުނދަގޫ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި އައްޑޫ ސިޓީގެ ހުޅުދޫ ރައްޔިތުން ކުރިއަށްގެންދާ ކްލަބް ހައުސް ރޫމެއްގައި މިއަދު ހަވީރު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތް ކުރިކަން ފެންނަ ކަމަށާއި އެ މަސައްކަތް ހުއްޓާލީކަން ދެކެން އުނދަގޫ ކަމަށެވެ. އަދި އެމަނިކުފާނު މާލެ ވަޑައިގަތުމުގެ ކުރިން, ޕާލަމެންޓަރީ އިންކުއައިރީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ސަރުކާރުން ތަންފީޒު ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީއަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި ރިޔާސީ އިންތިހާބުގައި އައްޑޫއަށް ހާއްސަކޮށް އައްޑޫ ވައުދުނާމާގެ ނަމުގައި މެނިފެސްޓޯއެއް ހެއްދެވި ކަމަށާއި ސަރުކާރުން އަދިވެސް އެ މެނިފެސްޓޯ ކުރިއަށް ގެންދަންޖެހޭ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ އައްޑޫއަށް ހާއްސަކޮށް ހެދި މެނިފެސްޓޯގައި ހުރި ކަންކަން ތަކުރާރުކުރައްވާ އެކަންކަމުގެ ސަބަބުން އައްޑޫއަށް ލިބޭނެ ކުރިއެރުމުގެ ތަސައްވުރާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ވަކިން އޮންނަ ދެ އަވަށް އެހެން އަވަށްތަކާއި ގުޅާލުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުންވެސް ލިބޭނެކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އައްޑޫ ބްރިޖުގެ ކޮންސެޕް މަސައްކަތް ކުރުމަށް ބޭނުންވާ ބަޖެޓު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަން ނުކުރާންވީ ސަބަބެއް ނެތް ކަމަށެވެ.

ހިޔާލު


ގުޅުންހުރި