ރާއްޖެ

އެކްސިޑެންޓެއްގައި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ

07/08/2021

ޒައިން ރަޝީދު


ޝެއަރ

ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓުވެ, ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ މާލޭ ސިޓީގެ ބުރުޒުމަގުގައި ހުންނަ ލޮޓަސް ބައިކްޝޮޕް ކައިރީގައެވެ. އެކްސިޑެންޓު ހިނގިއިރު ސަރަހައްދު އޮތީ ކޮންސްޓްރަކްޝަން މަސައްކަތަަށް ބަންދުކޮށްފައެވެ.

ފުލުހުން ބުނީ އެސަރަހައްދު ބަންދުކޮށްފައިވަނިކޮށް ބާރަށް ދުއްވާފައި ދިޔަ ސަައިކަލެއް ކޮންޓްރޯލްނުވެ ގޮސް އެކްސިޑެންޓްވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވި 27 އަހަރުގެ ޒުވާނާއަށެވެ.

އެކްސިޑެންޓުގައި އޭނާއަށް ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު, ބޮޑަށް އަނިޔާވެފައިވަނީ މޫނާއާއި އެނާގެ އަތަށެވެ. އޭނާއަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ހިޔާލު


ގުޅުންހުރި