ރާއްޖެސަރުކާރު

އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ހިރިމަރަދޫއަށް

11/08/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު އިރު ވެސް ހދ. ހިރިމަރަދޫ ސްކޫލުގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖެހިފައި ނުވާތީ، އެ މައްސަލަ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮއްސިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފެށިފައިވީ ނަމަވެސް، ހިރިމަރަދޫ ސްކޫލުގައި ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖެހިފައިނުވާތީ، ދަރިވަރުން ސްކޫލަށް ފޮނުވުމަށް އެ ސްކޫލުގެ ބެލެނިވެރިން ވަނީ ދެކޮޅު ހަދާފައެވެ. އޮންލައިން ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ހިރިމަރަދޫ ކައުންސިލުން ވިދާޅުވީ، ގިނަ ދަރިވަރުން ކިޔަވަން ބޭނުންވާ ފޮތްތައް އަދި ނުލިބޭ ކަމަށެވެ.

މީގެ އިތުރުން އެ ސްކޫލު ހިންގުމުގައި ގެންގުޅޭ އުސޫލުތަކާ ދޭތެރޭ ދަރިވަރުންނާއި ބެލެނިވެރިން ނުރުހުން ފާޅުކުރާކަމަށާއި، ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން ވެސް ހަމަ ނުވާކަމަށް ކައުންސިލުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން މީޑިއާތަކަށް މިއަދު ހެނދުނު ފޮނުވި މެސެޖެއްގައި ވިދާޅުވީ ހިރިމަރަދޫ ސްކޫލުގެ ކަންކަން ބެލުމަށާއި ރަނގަޅު ކުރަންހުރި ކަންކަން ދެނެގަތުމަށް މިނިސްޓްރީގެ އެރަށަށް މިހާރު ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް މިނިސްޓްރީއަކުން ނުދެއެވެ.

ހިޔާލު


ގުޅުންހުރި