ކުޅިވަރުރާއްޖޭގެ ކުޅިވަރު

މިއަހަރުގެ ސާފް ޗެންޕިއަންޝިޕް ރާއްޖޭގައި

09/08/2021

ޒައިން ރަޝީދު

2018 ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް - ފޮޓޯ: އެފްއޭއެމް


ޝެއަރ

މިއަހަރުގެ އޮކްޓޯބަރު މަހު ބާއްވާ ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފް ޗެންޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ހުށަހެޅި ބިޑު ކާމިޔާބު ވެއްޖެއެވެ.

މިފުރުސަތު ރާއްޖެއަށް ލިބުނީ މިއަދު ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޭއްވި ބައްދަލުވުމުގައި މިއަހަރުގެ ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ބިޑް ކުރި ގައުމްތަކުގެ ތެރެއިން ރާއްޖެއަށް ފުރުސަތު ދޭން ނިންމުމާއި ގުޅިގެންނެވެ. މި މުބާރާތް ބާއްވާ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ އަހަރުގައެވެ.

ސާފް ޗެންޕިއަންޝިޕް މިއަހަރަށް ފަސް ކުރަން ޖެހުނީ މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުންނެވެ. މިއަހަރުގެ މުބާރާތް ބަންގްލަދޭޝްގައި ބާއްވަން މަސައްކަތް ކުރި ނަމަވެސް، އެގައުމްގެ ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މުބާރާތް ބޭއްްވޭ ގޮތް ނުވުމުން، އެންމެ ފަހުން ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (ސާފް)އިން ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ބޭނުންވާ ގައުމުތަކުން ބިޑް ކުރުމަށް ހުޅުވާލިއެވެ.

މުބާރާތް ބާއްވަން ބިޑުކުރީ ރާއްޖެ އާއި ނޭޕާލުންނެވެ. ރާއްޖެއިން އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ 2008ވަނަ އަހަރެކޭ އެއްގޮތަށް ސްރީލަންކާއާއި ގުޅިގެން މުބާރާތް ބޭއްވުމަށެވެ. ނަމަވެސް ފަހުން ރާއްޖެއިންވަނީ ސްރީލަންކާއާއި ނުލާ ރާއްޖޭގައި އެކަނި މުބާރާތް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައެވެ. ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ރާއްޖެއަށް މިފުރުސަތު ދިނީ ކޯވިޑް-19ގެ ހާލަތު ނޭޕާލްއަށް ވުރެއް ރަނގަޅުވުންކަމަށް ބެލެވެއެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ ދެ ވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދަފައެވެ. ރާޢްޖެއިން ފުރަތަމަ ޗެމްޕިއަންކަން ހޯދީ 2008 ގައެވެ.

ހިޔާލު


ގުޅުންހުރި