ވިޔަފާރި

އައިއޭއެސްގެ ހިންގުން ރަނގަޅު ކުރަން ޖޮއިންޓް ވެންޗަރ ހަދަނީ

12/08/2021

ޒައިން ރަޝީދު


ޝެއަރ

ގައުމީ އެއަރލައިންގެ ހިދުމަތް ދެމުން އަންނަ ކުންފުނި އައިލޭންޑް އޭވިއޭޝަން ސަރވިސަސް (އައިއޭއެސް)ގެ ހިންގުން ރަނގަޅު ކުރުމަށް ބޭރުގެ ކުންފުންޏަކާއެކު ޖޮންއިޓް ވެންޗަރ އެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

އިިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވީ ޖޮންއިޓް ވެންޗަރ ހެދުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށާއި މަޝްވަރާ ކުރަމުންދަނީ މެދުއިރުމަތީގެ ބައެއް ކުންފުނިތަކާއެކުގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ ބޭނުމަކީ ކުންފުނި އިތުރަށް ވަރުގަދަކޮށް، ބޭރުގެ އުދުހުންތަކުން ފައިދާ ލިބޭ ދިމާލަކަށް ކުންފުނި ގެންދިއުމަށެވެ.

"ގައުމީ އެއާލައިން ރަނގަޅު ކުރުމަށްޓަކައި ބޭރުގެ ބައެއް ފަރާތްތަކާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން އެބަ ގެންދަން، ޖޮއިންޓް ވެންޗާއެއް ހެދުމަށް،" ރައީސް ވިދާޅުވި އެވެ.

އަދި، ގައުމީ އެއަރލައިނެއް އޮތުމުގެ މުހިއްމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގައި އެއަލައިން ވަރަށް މުހިއްމު ކަމަށާއި ޑޮމެސްޓިކް ދަތުރުތަކުން ގުޅާލެވިފައިވާ ނެޓްވޯކެއްގެ ސަބަބުން، މުދަލާއި މީހުންނަށް ދަތުރު ކުރަން ފަސޭހަވާނެކަމަށެވެ. އަދި އޭގެ ސަބަބުން ނުސީދާކޮށް ބޮޑެތި ފައިދާތައް ވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެެހެން ކަމުން ސަރުކާރުން ސަބްސިޑައިޒް ކޮށްގެންވެސް އައިލޭންޑް އޭވިއޭޝަންގެ ހިދުމަތްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އައިލޭންޑް އޭވިއޭޝަން މީގެ ކުރިންވެސް ހިންގަމުން އައީ ގެއްލުމުގައެވެ. އަދި ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ސަބަބުން ދިމާވި އިގްތިސާދީ ގެއްލުމުގެ ސަބަބުން ކުންފުނި އިތުރަށް ދަށަށް ދިޔަކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާލު


ގުޅުންހުރި