ރާއްޖެސަރުކާރު

ޑިޕްލޮމޭޓޭއް ނޫން, އެކަމަކު ޑިޕްލޮމެޓިކް ޕާސްޕޯޓު ބޭނުންކުރޭ

15/08/2021

ޒައިން ރަޝީދު


ޝެއަރ

އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް, ޝައިޚް އިލްޔާސް ހުސެއިން ނުގަވާއިދުން ޑިޕްލޮމެޓިކް ޕާސްޕޯޓު ބޭނުންކުރާކަން ހާމަވެއްޖެއެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ކައުސެލަރ ޓު ދަ ހައި ކޮމިޝަނަރގެ މަޤާމު ދެއްވާފައިވާ ޝައިހް އިލްޔާސް ވިދާޅުވީ ހަގީގަތުގައި އެއީ އެއްވެސް މަސައްކަތެއް ކުރަންޖެހޭ މަގާމެއް ނޫންކަމަށާއި ހަމައެކަނި ލިޔުމުން ދެއްވާފައިވާ މަޤާމެއްކަމަށެވެ. ކްލަބް ހައުސް ގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ, އޭނާ އަކީ ޑިޕޮލޮމޭޓެއް ނޫންކަމަށާއި ނަމަވެސް ޑިޕްލޮމެޓިކް ޕާސްޕޯޓު ބޭނުންކުރައްވާކަމަށެވެ.

ޕާސްޕޯޓު ލިބުނު ގޮތް އޮޅުންފިލުވާ ދެމުން ވިދާޅުވީ, އެއީ މެލޭޝިޔާގައި އޭނާގެ ދަރިފުޅު ކިޔަވާތީ މެލޭޝިޔާގައި މަޑުކުރަން ވިސާ ނުލިބިގެން އެވާހަކަ ސަރުކާރަށް ދެންނެވުމުން ސާރުކާރުން ދެއްވި އެއްޗެއްކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ ސަރުކާރުން އޭނާ އަށް ދެއްވި ޝަރަފެކެވެ. އަދި އޭނާ ވިދާޅުވީ ޑިޕްލޮމެޓިކް ޕާސްޕޯޓު އެގޮތަށް ބޭނުންކުރުމަކީ މަނާކަމެއް ކަމެއް ނޭގޭ ކަމަށެވެ.

އެމްބަސީގެ ކައުސެލަރ ޓު ދަ ހައި ކޮމިޝަނަރގެ މަޤާމަކީ ސްޓޭޓް މިނިސްޓަރ ފެންވަރުގެ ޑިޕްލޮމެޓިކް މަގާމެކެވެ. އެ މާގާމުގައި ތިއްބަވާ ޑިޕްލޮމޭޓުންނަށް އެމްބަސީ ހުންނަ ޤައުމުތަކުން ހާއްސަ އިނާޔަތްތަކާއި ހިދުމަތްތައް ލިބެއެވެ. އަދި ޑިޕްލޮމެޓިކް ޕާސްޕޯޓުގައި ދަތުރުކުރާ ޑިޕްލޮމޭޓުންނަށްވެސް ހާއްސަ އިނާޔަތްތަކާއި ހިދުމަތްތައް އެއާރޕޯޓުތަކުންނާއި އެއަރލައިންތަކުން ދެއެވެ.

ހިޔާލު


ގުޅުންހުރި